މިނާފުށް ލައްވާ ބަޑިއެއްް ގެންގުޅުނު މީހަކު ހައްޔަރުކޮށްފި
މިނާފުށް ލައްވާ ބަޑިއެއްް ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

މިނާފުށް ލައްވާ ވައްތަރުގެ ކުޅޭ ކުޅޭ ބަޑިއެއް ގެންގުޅުނު މީހަކު ހައްޔަރުކޮށް ސުވާލުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

މިނާފުށް ލައްވާ ބަޑިއެއްް ގެންގުޅުނު މީހަކު ހައްޔަރުކޮށްފި
މިނާފުށް ލައްވާ ބަޑިއެއްް ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

ފުލުހުން ބުނީ މިނާފުށް ލައްވާ ވައްތަރުގެ ބަޑި ފެނުނީ ރޭ ދަންވަރު 1:30 ހާއިރު އިސްލާމިކް ޔުނިވާސިޓީއާ ޖެހިގެން އޮތް ޕާކްގައި ތިބި ބައެއްގެ ގާތުގައި ބާއްވާފައި އޮއްވާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރު ކުރީ 22 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއާ ސުވާލުކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަަމަށް ވެސްް ބުންޏެވެ.

ހައްޔަރު ކުރި މީހާ ދޫކޮށްލި ނަމަވެސް ފެނުނު ބަޑި އަދި އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުން އާއްމުކުރި ފޮޓޯއިން ފެންނަ ގޮތުގައި އެއީ ވަރަށް ފެންވަރު ރަނގަަޅު ކުޅޭ އެއްޗެކެވެ. ނަމަވެސް އެ ބަޑި ހިފެހެއްޓި ސަބަބާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އެ ބާވަތުގެ ބައެއް ބަޑިން މީހުންނަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ހާދިސާތައް އެހެން ބައެއް ގައުމުތަކުގައި ހިނގާފައިވެ އެވެ.