13 ޖޫން 2019 - 10:36

އެމްއެމްޕީއާރުސީން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރުމުގެ ގޮތުން ކުރިއަށްގެންދާ ވިޒިޓް މޯލްޑިވްސް ޓްރެވެލް އެކްސްޕޯ 2019ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިއީ މި އެކްސްޕޯ ބާއްވާ ފުރަތަމަ ފަހަރެވެ. މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކޯ އެގްޒަބިޓާ ރަޖިސްޓްރޭޝަން ފޯމު ހުށަހަޅަން ޖެހޭ ތާރީހު ފަސްކުރީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށެވެ.
މެލޭޝިއާގައި މި އެކްސްޕޯ ބާއްވަން ހަމަ ޖެހިފައިވަނީ އެ ގައުމުގެ އައިއޯއައި ސިޓީގެ މޯލުގެ ގްރައުންޑް ފްލޯގަ އެވެ. މި މޯލަކީ ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް ހޯދާފައިވާ ތަނެކެވެ. އަދިި މި މޯލުގައި އެކްސްޕޯ ބޭއްވުމުން އެއް ލައްކައަށް ވުރެ ގިނަ މީހުންނަށް މައުލޫމާތު ދެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެމްއެމްޕީއާރުސީން ބުނީ މެލޭޝިއާގައި ބާއްވާ މި އެކްސްޕޯ ވާނީ އެ ގައުމުގެ ޓޫރިޒަމް ދާއިރާގެ އިސް މީހުންނާ ގުޅުން ބަދަހި ކުރުމަށް ލިބޭނެ ބޮޑު ފުރުސަތަކަށް ކަމަށެވެ. އަދި މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް އޭޖެންޓުންނާ އެކު ވަގުތުން ބުކިން ހެއްދޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް ޓްރެވެލް އެކްސްޕޯ 2019 ބާއްވަނީ އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ބަޖެޓް އެއާލައިން ކަމަށްވާ އެއާ އޭޝިއާއާ ގުޅިގެންނެވެ. މި އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 5-7 ގެ ނިޔަލަށެވެ.