ޕްލާސްޓިކްގައި ބަންދުކުރި ކާނާ އިން ހަށިގަނޑަށް ޕްލާސްޓިކް އެތެރެވޭ
ޕްލާސްޓިކްގައި ބަންދުކުރި ކާނާ އިން ހަށިގަނޑަށް ޕްލާސްޓިކް އެތެރެވޭ

ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އެކި ބާވަތްތަކުގެ ބުއިންތަކާއި ކެއުންތައް މިހާރު ވަނީ ދިރިއުޅުމާ ގުޅިފަ އެވެ. އެކަމަކު މީގެ ސަބަބުން ސިއްހަތަށް ލިބިދާނެ ގެއްލުމަކާ ދޭތެރޭ ގިނަ ބަޔަކު މާ ބޮޑު ސަމާލު ކަމެއް ނުދެ އެވެ.

ޕްލާސްޓިކްގައި ބަންދުކުރި ކާނާ އިން ހަށިގަނޑަށް ޕްލާސްޓިކް އެތެރެވޭ
ޕްލާސްޓިކްގައި ބަންދުކުރި ކާނާ އިން ހަށިގަނޑަށް ޕްލާސްޓިކް އެތެރެވޭ

އޮސްޓްރޭލިއާގެ ނިއުކާސަލް ޔުނިވަސިޓީން ހަދާފައިވާ ދިރާސާއެއްގައި ބުނީ ޕްލާސްޓިކް ފުޅި އާއި އެ ނޫން ޕްލާސްޓިކް ތަކެތީގައި ބަންދުކޮށްފައިވާ ކާ އެއްޗެހީގެ ސަބަބުން އެވްރެޖްކޮށް ހަފުތާއެއްގެ ތެރޭގައި އިންސާނެއްގެ ހަށިގަނޑަށް ފަސް ގްރާމް ޕްލާސްޓިކް އެތެރެވާ ކަމަށެވެ. އެއީ އެހެން ގޮތަކަށް ސިފަކުރާ ނަމަ ކޭޝް ކާޑެއްގެ ބަރުދަން ހުންނަހާ ޕްލާސްޓިކެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ބުއިންތަކާއި ޕްލާސްޓިކްގައި ބަންދުކޮށްފައިވާ ކާނާ އިން ހަށިގަނޑަށް މައިކްރޮޕްލާސްޓިކްގެ ގޮތުގައި (ފަސް މިލިމީޓަރަށް ވުރެ ކުދި އެތިކޮޅު) އެތެރެވެ އެވެ. އަދި މުޅި ދުނިޔޭގެ ނިސްބަތުން ބަލާ ނަމަ ހަފުތާއެއްގެ ތެރޭގައި 2،000 މައިކްރޮޕްލާސްޓިކް ޕާޓިކަލްސްތައް އިންސާނުންގެ އެތެރެހައްޓަށް ދާ ކަމަށް ބުންޏެވެ.

"އެހެންވީމާ ހަގީގަތުގައި އެއްގޮތަކަށް ވެސް ރައްކާތެރިއެއް ނޫން ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ބުއިންތަކާއި ކެއުންތައް ބޭނުން ކުރުމަކީ. ނޭނގި ނަމަވެސް އެއީ ސިއްހަތަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް،" ދިރާސާ ޓީމުގައި ހިމެނޭ ކާލާ ސެނަތިރާޖާ ވިދާޅުވި އެވެ. "މައިކްރޮޕްލާސްޓިކް އެތިކޮޅު އެކުލެވޭ އެއްޗެހީގެ ތެރޭގައި ފެނާއި ލޮނާއި ޝެލްފިޝް ކަހަލަ ބާވަތްތައް ވެސް ހިމެނޭ."

ވޯލްޑް ވައިޑްލައިފް ފަންޑް (ޑަބްލިއުޑަބްލިއުއެފް) ގެ އެހީތެރިކަމާ އެކު ހެދި ދިރާސާ ރިޕޯޓް "ނޯ ޕްލާސްޓިކް އިން ނޭޗާ: އެސެސިން ޕްލާސްޓިކް އިންޖެސްޝަން ފްރޮމް ނޭޗަ ތް ޕީޕަޕް" ގައި ފާހަގަކޮށްފައިވާ ގޮތުގައި މައިކްރޮޕްލާސްޓިކް ޖެނެރޭޓްވާ ތަކެތީގެ ތެރޭގައި އާޓިފިޝަލް ކްލޯތުސް ފައިބާ އާއި ބައެއް ކަހަލަ ދަތްއުނގުޅާ ބޭހުގައި އެކުލެވޭ މައިކްރޮބީޑްސް އާއި ބޮޑެތި ޕްލާސްޓިކް ނައްތައިލަން ކުރެވޭ މަސައްކަތުގެ ތެރެއިން އުފެދޭ މައިކްރޮޕްލާސްޓިކް ހިމެނެ އެވެ.

"މީގެ މާނައަކީ ޕްލާސްޓިކުން ވެށި އެކަނި ސަލާމަތްކޮށްގެން ނުފުދެއޭ. ޕްލާސްޓިކަށް އެއްކޮށް ނޫނެކޭ ނުބުނާހާ ހިނދެއްގައި އިންސާނުންގެ ސިއްހަތަށް މީގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައެއް ނުގަނެވޭނެ،" ސެނަތިރާޖާ ވިދާޅުވި އެވެ. "ވަކިން ހާއްސަކޮށް އެބަޖެހޭ ފްލާސްޓިކް ފެންފުޅިއާ ދުރުވާން. އެންމެ ބޮޑު ގެއްލުމެއް ލިބެނީ އޭގެ ޒަރީރާ އިން."

ދިރާސާގައި ވަނީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނުގެ ބަދަލުގައި ސަޕްލައި ފެން ބޭނުން ކުރަން ވެސް ލަފާ ދީފަ އެވެ.