ވެއްޓުނު ކޮންކްރީޓްގަނޑަކުން ޖެހި ގެއެއްގެ ފާރު ހަލާކުވެއްޖެ
ވެއްޓުނު ކޮންކްރީޓްގަނޑަކުން ޖެހި ގެއެއްގެ ފާރު ހަލާކުވެއްޖެ

ގެއެއް ތަޅަނިކޮށް ކޮންކްރީޓްގަނޑެއް ވެއްޓި، އިންވެގެން ހުރި ގެއެއްގެ ފާރަށް މިއަދު ގެއްލުންވެއްޖެ އެވެ.

ވެއްޓުނު ކޮންކްރީޓްގަނޑަކުން ޖެހި ގެއެއްގެ ފާރު ހަލާކުވެއްޖެ
ވެއްޓުނު ކޮންކްރީޓްގަނޑަކުން ޖެހި ގެއެއްގެ ފާރު ހަލާކުވެއްޖެ

ފުލުހުުން ބުނި ގޮތުގައި މި ހާދިސާ ހިނގީ މ. ގުލްބަހާރުގޭގެ އިމާރާތް ތަޅަނިކޮށް، ކޮންކްރީޓްގަނޑެއް ވެއްޓިގެންނެވެ. ވެއްޓުނު ކޮންކްރީޓްގަނޑު ޖެހުނީ އެ ގެއާ ޖެހިގެން ހުރި މ. ސަމަންދާރުގޭގެ ދެ ވަނަ ބުރީގެ ފާރުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. މި ހާދިސާގައި ސަމަންދާރުގޭގެ ފާރުން ބައެއް ތެޅި، ފާރުގައި ބާގަނޑެއް ހެދިފައިވާ ތަން ފޮޓޯތަކުން ފެނެއެވެ.

ވެއްޓުނު ކޮންކްރީޓްގަނޑަކުން ޖެހި ގެއެއްގެ ފާރު ހަލާކުވެއްޖެ
ވެއްޓުނު ކޮންކްރީޓްގަނޑަކުން ޖެހި ގެއެއްގެ ފާރު ހަލާކުވެއްޖެ

އަދި އެ ގޭ ތެރެއަށް ކޮންކްރީޓާއި ގާ ވެސް އެޅިފައިވެ އެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު މާލެ ސިޓީ ކައުންސިލާ ހިއްސާކޮށްފައި ކަމަށާއި ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުން ކަމަށެވެ.

ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މިދިޔަ އަހަރު ވަނީ ކުޑަ ކުއްޖަކު މަރުވެފަ އެވެ. އެއަށްފަހު އިމާރާތްކުރުމުގެ ގަވާއިދާއި ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރަން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.