10 ޖޫން 2019 - 09:52

ގއ. ކަނޑުހުޅުދު އަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ގެންދާތީ، އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމުން ފެރީން ކަނޑަށް ރޭ ފުންމާލި މީހާ ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ މާވަރުލުން މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ، އެ މީހާ މިއަދު ހެނދުނު 9:00 ހާއިރު ފެނުނީ ފަޅު ރަށުގައި ފިލާ އޮއްވައި ކަމަށެވެ.
އެ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު އޭނާގެ އަތުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ރޭ ބުނެފައި ވަނީ އެ މީހާ ފުންމާލީ ކަނޑުހުޅުދޫ ކައިރީގައި އޮންނަ މާވަރުލު ކައިރި އަށް ކަމަށެވެ.
އެ މީހާ ފުންމާލުމުން، ރޭ އިރު އޮއްސުނު ވަގުތު އޭނާ ހޯދަން ބޮއްކުރައެއްގައި ފަލިޖަހާފައި ތިން މީހަކު ދިޔަ އެވެ. އެކަމަކު، އެ ބޮއްކުރާ ބަންޑުންޖަހާލުމުން އެކަކު ވަނީ ފަތާފައި މާވަރުލު އަށް އަރައި އެކަން ފުލުހުންނަށް އަންފައިފަ އެވެ. އެ ތިން މީހުން ކަނޑުވި ނަމަވެސް ފަހުން އެ މީހުން ވަނީ ފެނިފަ އެވެ.
އެނގިފައިވާ ގޮތުގައި، ބޮއްކުރާގައި ދިޔަ މީހުންނަކީ ކަނޑަށް ފުންމާލައިގެން ފިލަން އުޅުނު މީހާއާ ގުޅުން އޮންނަ ބައެކެވެ.