09 ޖޫން 2019 - 20:05

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބެހޭ ގޮތުން ބާއްވާ، ވޯލްޑް އެސްއެމްއީ ފޯރަމްގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ކުރީގެ އިނޮކޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް ލިބިއްޖެ އެވެ.
މީގެ އިތުރުން ސައީދަށް ވަނީ ޗައިނާ އެސޯސިއޭޝަން އޮފް ސްމޯލް އެންޑް މީޑިއަމް ކޮމާޝަލް އެންޓަޕްރައިސަސްގެ ޖަމިއްޔާގެ ލަފާ ދޭ ކޮމިޓީގެ މެންބަރުކަން ވެސް ދީފަ އެވެ.
ސައީދު ވިދާޅުވީ، މި ފޯރަމްގައި އޭނާ ވާހަކަ ދައްކާނީ، ވިޔަފާރި ކުރުމުގައި މިދުވަސްވަރު ގެންގުޅޭ އުސޫލުތަކާ ބެހޭ ގޮތުން ކަމަށެވެ. އެގޮތުން އިންޓަގްރޭޓެޑް އުސޫލުތަކުން ޕްރޮޓެކްޝަނިޒަމްގެ އުސޫލުތަކަށް ބަދަލުވުމުން ދިމާވާ މައްސަަލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވި އެވެ.
މިއީ މި ފޯރަމްގައި ދިވެއްސަކު ތަގުގީރު ކުރައްވާ ފުރަތަމަ ފަހަރެވެ.
މި މަހުގެ 21-22 އަށް އޮންނަ މި ފޯރަމްގައި 30 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާނެ އެވެ.