09 ޖޫން 2019 - 08:31

އާންމު ތަންތަނުގައި މާ ރީތިކޮށް ހުންނަ ކަމަށް ބުނެ އުރުގުއޭގެ ޓްރެފިކް ފުލުހަކު އަންހެނަކަށް ދޫކުރި ޗިޓެއްގެ މައްސަލަ ހޫނުވެ، ތަހުގީގުކުރަން ފަށައިފި އެވެ.

އޭބީސީން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު އަންހެން މީހާ ޕެސަންޑޫ ސިޓީގައި ކާރުގައި ދަނިކޮށް ހުއްޓުވާފައި ޓްރެފިކް ފުލުސް މީހާ ދިން ޗިޓްގައި އުރުގުއޭ ބަހުން ލިޔެފައި ވަނީ "އެކްސެވިވް ބިއުޓީ އޮން ޕަބްލިކް ރޯޑްސް" އެވެ. އަދި ޗިޓްގެ އޮބްޒަވޭޝަން ސެކްޝަނުގައި "އައި ލަވް ޔޫ" ވެސް ލިޔެފައިވެ އެވެ.
ފުލުސް މީހާ މިކަމެއް ކުރުމުގެ ބޭނުމަކަށްވީ އަންހެން މީހާ ރީތިކަމުން އޭނާއާ މައްލަވަކުރުން ކަމަށްވެ އެވެ. ޗިޓްގެ މައްސަލަ ހޫނުވީ އަންހެން މީހާ އެ ޗިޓް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
އެހެންވެ ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުން މައްސަލަ ބަލަން ނިންމީ އެވެ. އޭނާގެ މައްސަލަ ބަލަން ނިންމި މައިގަނޑު ސަބަބަކީ ރަސްމީ ލިޔުމެއްގައި އަމިއްލަ ޝުއޫރުތަކެއް ފާޅުކުރުމެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ފުލުސް މީހާ މަސައްކަތުން ސަސްޕަންޑް ކުރުން ނުވަތަ ޑިމޯޓް ކުރުން ނުވަތަ ވަޒީފާ އިން ވަކިކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.