އެޑް ޝީރަންގެ ނަމުގައި ޓޮމާޓޯ ސޯސް ނެރެފި
އެޑް ޝީރަންގެ ނަމުގައި ޓޮމާޓޯ ސޯސް ނެރެފި

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ނަމުގައި ޓޮމާޓޯ ސޯސްއެއް ނެރެފި އެވެ.

އެމެރިކާގެ ހެއިންޒް ކުންފުންޏާއި ޝީރަން ގުޅިގެން ނެރުނު ކެޗަޕްގެ ނަމަކީ "އެޑްޗަޕް" އެވެ. ފުޅީގައި ބަންދުކޮށްފައިވާ މި ކެޗަޕްގެ އަގަކީ 7.50 ޑޮލަރެވެ. މީގެ އިޝްތިހާރުތަކެއް ޝީރަންގެ ފޮޓޯ ހިމަނައިގެން ވެސް ވަނީ ދައްކާލައިފަ އެވެ.

ޝީރަން ބުނި ގޮތުގައި އޭނާއަކީ އަބަދު ވެސް ހެއިންޒްގެ ޓޮމާޓޯ ކެޗަޕްގެ ވަރަށް ބޮޑު ފޭނެކެވެ. އޭނާގެ ވާތުގައި ހެއިންޒްގެ ޓެޓޫއެއް ވެސް ޖަހާފައި ހުރެ އެވެ.

އެހެންވެ ޝީރަންގެ ނަމަށް ނިސްބަތްކޮށް، ހެއިންޒާ ގުޅިގެން ކެޗަޕެއް ނެރުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށް ބުންޏެވެ. ޝީރަން ބުނީ "އެޑްޗަޕް" ފޭނުންނަށް ކަމުދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ޝީރަން އާއި ހެއިންޒުން ވެސް އިސްޓަގްރާމްގައި "އެޑްޗަޕް" ގެ ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ.