މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ވެރިކަމާ ދެ ވަނަ ދައުރަކަށް ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދި ދެންމެއަކު ރާއްޖެ ވަޑައިގެންފި އެވެ.

މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރަށް ހާއްސަ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ 1510 ހާއިރު އެވެ. މޯދީއާ އެކު އިންޑިއާ އިން ރާއްޖެ އައި ވަފުދުގައި 100 އެއްހާ މީހުން ހިމެނޭ ކަމަށް، ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމުގެ ހުރިހާ ރަސްމިއްޔާތެއް އޮންނާނީ މާލޭގަ އެވެ. އެހެންކަމުން ޝާހިދާ އެކު މޯދީ ސީދާ ވަޑައިގެންނެވީ ވީއައިޕީއަށެވެ. މާލެއަށް ދަތުރުކުރައްވާނީ ވީއައިޕީގައި މަޑުކުރެއްވުމަށް ފަހު އެވެ.

މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް މޯދީ ރާއްޖެ މި ވަޑައިގެންނެވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އިތުރު އެހީތަކެއް ވެސް ރާއްޖެއަށް ދެއްވުމުގެ ވައުދާ އެކުގަ އެވެ. އެގޮތުން ބައެއް އެގްރިމެންޓްތަކުގައި ސޮއިކުރަން ވަނީ ހަމަޖެހިފަ އެވެ.

މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވަވަޑައިގަތުމަށް މިދިއަ އަހަރު ވެސް ރާއްޖެ ޒިޔާރަތްކުރައްވައިފަ އެވެ. އެކަމަކު އެދަތުރުފުޅުގައި ހޭދަކުރެއްވީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު އެނބުރި އިންޑިއަށް ވަޑައިގަތީ އެވެ.

މޯދީގެ ދަތުރުފުޅުގައި އެހީގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ އިތުރުން އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި މިހާރު ގާއިމްކުރަމުން އަންނަ ރާޑަ ސިސްޓަމްސް އިފްތިތާހުކޮށްދެއްވުން އޮންނާނެ އެވެ. އެކަން ކުރައްވަނީ މާލޭގައި ހުންނަވައިގެން، ރިމޯޓް ލިންކަކުން ކަމަށް، ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.

މޯދީއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން އޮންނާނީ ހަވީރު ހަތަރެއް ޖަހާއިރު ޖުމްހޫރީ މައިދާނުގަ އެވެ. އެއަށް ފަހު ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ.

ދެ ގައުމުގެ ދެމެދުގައި ކުރާ އެއްބަސްވުންތަކުގައި ސޮއިކުރުން އޮންނާނީ ރަސްމީ ވާހަކަތަކަށް ފަހު ރައީސް އޮފީހުގަ އެވެ. އޭގެ ފަހުން ދެ ބޭފުޅުން، މީޑިއާއަށް ބަޔާނެއް ދެއްވާނެ އެވެ. އެކަމަކު ނޫސްވެރިންގެ އެއްވެސް ސުވާލެއް ނަންގަވާ ގޮތަކަށް ހަމަޖައްސާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި މޯދީ ތަގުރީރުކުރެއްވުން އޮންނާނީ ރައީސް އޮފީހުގެ ރަސްމިއްޔާތުތައް ނިންމެވުމަށް ފަހު އެވެ.

މޯދީގެ ޝަރަފުގައި އޮންނަ ޖާފަތް ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދާނީ މިރެ އެވެ.

މާދަމާ ސްރީ ލަންކާއަށް ފުރާވަޑައިގަތުމުގެ ކުރިން އެހެން ބައެއް ބޭފުޅުންނާ ވެސް މޯދީ ބައްދަލުކުރައްވާނެ އެވެ. އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިމެނެ އެވެ.

އިއްޔެ މޯޑީ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން އިންޑިއާ އިން އަބަދުވެސް ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.