08 ޖޫން 2019 - 16:01

ކުޅިވަރާ ގުޅުން ހުރި ކޮންމެ އެއްޗެއް ގަންނަން ބޭނުން ވިޔަސް ގިނަ މީހުންގެ ހިޔާލަށް އެންމެ ފުރަތަމަ އަންނަ ނަމަކީ ސޮނީ ސްޕޯޓްސް އެވެ. ހުރިހާ ކުޅިވަރަކާ ގުޅޭ ސާމާނު ސޮނީ ސްޕޯޓްސްއިން ލިބެން ހުންނައިރު އެ ފިހާރައިން އަންނަނީ ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ. އަނެއްކާވެސް ސޮނީ ސްޕޯޓްސްގެ ހާއްސަ ޕްރޮމޯޝަނެކެވެ.

ދުވާ މީހުންނަށް ހާއްސަކޮށް "ސޮނީ ސްޕޯޓްސް ރަން ކްލަބް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް ހާއްސަކޮށްފައިވަނީ ރާއްޖޭގެ ދުވުންތެރިންނަށް އަމާޒުކޮށްގެންނެވެ.

ސޮނީ ސްޕޯޓްސް "ރަން ކްލަބު"ގައި ބައިވެރިވެވޭނީ އެ ފިހާރައިގެ ލޯޔަލްޓީ މެމްބަރުންނަށް އެކަންޏެވެ. ލޯޔަލްޓީ މެމްބަރަކަށް ވެވޭނީ އެ ފިހާރައިން އާންމުކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ދުވުންތެރިން "ސްޓްރާވާ" ރަނިން އެޕް ޑައުންލޯޑް ކުރަން ޖެހޭނެ އެވެ. އަދި އެ އެޕުން ސޮނީ ސްޕޯޓްސް "ރަން ކްލަބް" ހޯދުމަށް ފަހު މެމްބަރަކަށް ވުމަށް ރިކުއެސްޓް ކުރަން ޖެހެ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކޮންމެ ކިލޯ މީޓަރަކަށް ޕޮއިންޓެއް ލިބެ އެވެ. އޭގެ ކޮންމެ ޕޮއިންޓަކީ އެއް ރުފިޔާ އެވެ. އެހެންކަމުން ދުވާ ކޮންމެ ކިލޯ މީޓަރަކަށް ރުފިޔާއެއްގެ ރޭޓުން ޕޮއިންޓް އެއްކޮށްގެން ސޮނީ ސްޕޯޓްސްގެ ފިހާރަތަކުން އެ ދުވުންތެރިޔަކު ބޭނުންވާ ރަނިން ކިޓު ގަނެލެވޭނެ އެވެ.
ސޮނީ ސްޕޯޓްސް ރަން ކްލަބުގައި ބައިވެރިވާ ފަރާތްތަކުން އެ ފިހާރައިން ގަންނަ ކޮންމެ އެއްޗެއްގެ 25 ޕަސެންޓް، އެ ޕޮއިންޓްތަކުން ދައްކާލެވޭނެ އެވެ.
ތަފާތު ކުޅިވަރުތަކާ ގުޅޭ އެންމެ ފަހުގެ ސާމާނު ސޮނީ ސްޕޯޓްސް އިން ލިބެން ހުރެ އެވެ.