ޑްރައިވަރަށް ނިދިގެން ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް
ޑްރައިވަރަށް ނިދިގެން ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލޭގައި ކާރެއް ގަހެއްގައި ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ޑްރައިވަރަށް ނިދިގެން ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް
ޑްރައިވަރަށް ނިދިގެން ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލޭ ރީތިގަސްމަގުގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓްގައި ޕްރައިިވެޓް ކާރު ދުއްވަން އިންމީހާގެ މެޔަށް ތަދެއް އެރިއިރު ކާރުގައި ދެން ތިބި ދެ މީހުންގެ އަތަށާއި ފަޔަށް ތަދުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ޗައިނާގެ ދެ މީހުންނެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނިގޮތުގައި ކާރުގެ ކުރީކޮޅުން ބޮޑު ބައެއް ހަލާކުވެ، ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެކްސިޑެންޓްވިއިރު ކާރު ދުއްވަން އިނީ ލައިސެންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ އޭނާއަށް ނިދި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ރޯދަ މަހު ހުޅުމާލޭގައި ވަނީ ބަސް ދުއްވަން އިން ޑްރައިވަރަކު ނިދި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ޓޫރިސްޓަކު މަރުވެފަ އެވެ.