ޓެސްލާގެ ވަޔަލެސް ފޯނު ޗާޖަރެއް
ޓެސްލާގެ ވަޔަލެސް ފޯނު ޗާޖަރެއް

ކާރު ދަތުރެއްގައި ވެސް ފޯނު ޗާޖް ކުރަން ޖެހިދާނެ އެވެ. އެހެންވެ ޓެސްލާ އިން މިހާރު ވަނީ އެ ކުންފުނީގެ މޮޑެލް 3 ގެ ކާރަށް ހާއްސަ ވަޔަލެސް ފޯނު ޗާޖަރެއް ނެރެފަ އެވެ.

ކާރުގައި ޔޫއެސްބީގެ އެހީގައި ފަސޭހަކޮށް، އިންސްޓޯލްކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޗާޖަރުން އެއްފަހަރާ ދެ ފޯނު ޗާޖްކޮށްލެވޭނެ އެވެ. އެކަމަށް ހާއްސަކޮށްފައިވާ ސިލިކަން ޕެޑްގެ މަތީގައި ފޯނު ބާއްވައިލުމުން ޗާޖްވާނެ އެވެ. މި ފަރުމާކޮށްފައި ވަނީ ޕެޑްމަތިން ފޯނު ސޮއްސައި ވެސް ނުލާ ގޮތަށެވެ.

ޓެސްލާ އިން މުޅިން އަލަށް ނެރުނު ވަޔަލެސް ޗާޖް މިހާރު ގަންނަން ލިބޭނެ އެވެ. އަގަކީ 125 ޑޮލަރެވެ. އޯޑަރު ކުރާތާ 2-3 ހަފުތާގެ ތެރޭގައި ޝިޕްކޮށް ދޭނެ އެވެ.