އުރީދޫ މަސް ރޭސް "ބޮއި ބައި މިލައިދޫ" ކާމިޔާބުކޮށްފި
އުރީދޫ މަސް ރޭސް "ބޮއި ބައި މިލައިދޫ" ކާމިޔާބުކޮށްފި

ކޮންމެ ރޯދަ މަހެއްގައި ބާއްވާ އުރީދޫ މަސް ރޭހުގެ މި އަހަރުގެ ސީޒަން "ބޮއި ބައި މިލައިދޫ" ޓީމުން ރޭ ކާމިޔާބު ކޮށްފި އެވެ.

އުރީދޫ މަސް ރޭސް "ބޮއި ބައި މިލައިދޫ" ކާމިޔާބުކޮށްފި
އުރީދޫ މަސް ރޭސް "ބޮއި ބައި މިލައިދޫ" ކާމިޔާބުކޮށްފި

އުރީދޫ މަސް ރޭހުގެ 10 ވަނަ ސީޒަން ބޮއި ބައި މިލައިދޫން ކާމިޔާބު ކުރީ ފައިނަލުގައި ސްޓެލްކޯ މެން އާއި ސްޓެލްކޯ ވިމަން އަދި ވެލައްސަރާ ވާދަ ކޮށްގެންނެވެ. ބޮއި ބައި މިލައިދޫ އަށް ފައިނަލުގައި ލިބުނީ 539.65 ޕޮއިންޓެވެ.

އުރީދޫ މަސް ރޭސް "ބޮއި ބައި މިލައިދޫ" ކާމިޔާބުކޮށްފި
އުރީދޫ މަސް ރޭސް "ބޮއި ބައި މިލައިދޫ" ކާމިޔާބުކޮށްފި

އުރީދޫން ވަނީ މި އަހަރުގެ ޗެމްޕިއަން ޓީމަށް 50،000ރ ގެ އިނާމެއް ހުށަހަޅައިފަ އެވެ. އަދި އެންމެ ބަރު މަސް ބޭނި ވެލައްސަރުގެ ކެޔޮޅު އަމީނަށް 5،000ރ ގެ އިނާމެއް ހުށަހެޅި އެވެ. އެންމެ ގިނައިން މަސް ބޭނި ކެޔޮޅުގެ މަގާމު ހޯދި ޓީމު، ޑީއެސްސީގެ ޝިޔާޒާއި މުބާރާތުގެ އަންހެން މަސްވެރިޔާގެ މަގާމު ލިބުނު ސްޓެލްކޯ ވިމަންސްގެ އަމީނާ އަށް ވެސް ވަނީ 5،000ރ ދީފަ އެވެ.

އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ، މި އަހަރުގެ ސީޒަން ކާމިޔާބު ކަމަށެވެ. އަދި އުރީދޫން މިފަދަ މުބާރާތެއް ބޭއްވީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.