ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް
ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް

ކުޑައިރު ވެސް އޭނާގެ އެންމެ މީރު ކެއުމުގެ ތެރޭގައި ފިހުނު މަހާއި ކަނޑުކުކުޅު ހިމެނެ އެވެ. އެކަމަކު އޭނާ ބުނާގޮތުން، މި އެއްޗެހި މީރުކޮށް މި ކާލަނީ ހަމައެކަނި ދިވެހިން އެކަންޏެވެ. ޓޫރިސްޓުންނަށް މި އެހާ ކަމަކު ނުދެ އެވެ. ހާއްސަކޮށް ޔޫރަޕު މީހުންނަށެވެ.

ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް
ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް

އެކަމަކު މަންޒަރު މިހާރު މުޅިން ބަދަލުކޮށްލައިފި އެވެ. ދިވެހިންގެ ތެރޭގައި ކަނޑުކުޅާއި މުސްކުޅި ފިހުނު މަހުގެ އަސްލު ރަހަ ދިވެހިންނާ މަޑުމަޑުން އަލްވަދާއު ކިޔަމުންދާއިރު އަނެއްކޮޅުން އެ ދެ ބާވަތް ޓޫރިސްޓުންނަށް ތައާރަފުވެ، އެ ކަމުދާން ފަށައިފި އެވެ. އެކަމަކު ޒަމާނީ ބަދަލުތަކާ އެކު އެވެ. މިއީ ބ. އޭދަފުއްޓަށް އުފަން ހުނަރުވެރި ޝެފް އަބްދުﷲ ސޮބާހުގެ އާދަޔާހިލާފު މީރު ރަހަތަކާ އެކު، ދުނިޔޭގެ ވެސް އެންމެ ވަރުގަދަ އެއް ރިސޯޓު، ސޮނެވާފުށީގައި އޭނާ ތައްޔާރުކުރާ ޑިޝްއެކެވެ.

ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް
ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް

"ވަރަށް ގިނަ މީހުންނަށް، ހާއްސަކޮށް ޓޫރިސްޓުންނަށް މި ވަރަށް ކަމުހިނގައްޖެ،" ރާއްޖޭގެ އެންމެ ހުނަރުވެރި އަދި އެންމެ މީރުކޮށް ކައްކާ ޝެފުންގެ ތެރޭގައި ހިމެނޭ ސޮބާ ބުންޏެވެ. "އެންމެ ފަހުން މީގެ ރަހަ މި ދެއްކީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް. އޭނާ ވިދާޅުވި ސޮބާއޭ، ހަމަ ސީދާ މަންމަމެންގެ މަތިން ހަނދާންވެއްޖެއޭ. މި ވާނެއޭ މިހާތަނަށް ތިމަންނަ އެންމެ މީރުކޮށް ކޭ ކެއުމަކަށް."

ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް
ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް

އޭނާ މަސް ފިހާ ގޮތާއި ކަނޑުކުކުޅު ހަދާ ގޮތުގެ ވާހަކަ އަދި ބާއްވަމާ ހިނގާށެވެ! އޭގެ ކުރިން އޭނާ މި ހިސާބަށް އައި ގޮތް މާ މުހިންމެވެ.

ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް
ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް

"އެންމެ ފުރަތަމަ ވެސް އަހަރެން ވަޒީފާއަކަށް ވަނީ ހަމަ ކެއްކުމުގެ ދާއިރާ އަށް،" ކެއްކުމުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމް ހޯދާފައިވާ 43 އަހަރުގެ ޝެފް ބުންޏެވެ. "ފުރަތަމަ ވެސް ދިޔައީ އިންޓާންޝިޕްގައި ކުރެއްދޫ ރިސޯޓަށް. އެތާނގައި 6 މަސް ދުވަހު އުޅުނިން. އޭގެ ފަހުން އެކި ތަންތަނުގައި ކޯސްތައް ހަދައިގެން މި ހިސާބަށް މި އައީ."

ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް
ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް

ރާއްޖެ އާއި ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ބައިވެރިވެ، އެވޯޑުތައް ހޯދުމަށް ފަހު އޭނާ އަކީ މިހާރު ހަމައެކަނި ސޮނެވާފުށީގެ ޝެފެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އޭނާ ވަނީ ބައިނަލްއަގުވާމީ ކެއްކުމުގެ ދާއިރާ އަށް ވަދެފަ އެވެ. ކެއްކުމުގެ އެކި މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރަން އޭނާ ގޮސް އެނބުރި އަންނަނީ މެޑެލްތަކާ އެކު އެވެ. އެ ތަޖުރިބާ އަށް ފަހު، ރާއްޖޭގައި މުޅިން އާ ކޮންސެޕްޓްތަކަށް ރިސޯޓްތައް ހުޅުވަން ފެށި ސޮނެވާފުށީގެ އޯނަރު ސޯނޫ އޭނާ އަށް ހުށަހެޅުމެއް ހުށަހެޅި އެވެ. މިއީ ފަހަރެއްގައި ރާއްޖޭގެ ޓޫރިޒަމްގެ ހަޔާތުގައި ދުވަހަކު ވެސް ހިނގާފައި އޮވެދާނެ ކަމެއް ވެސް ނޫނެވެ.

ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް
ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް

"ސޯނޫ ބޭނުންވީ އަހަރެންގެ ނަމުގައި މި ރިސޯޓުގައި ދެ ރެސްޓޯރެންޓެއް ހުޅުވަން. އަދި އެ ދެ ތަނުގައި ވެސް ސީދާ އަހަރެންގެ އަމިއްލަ ޑިޝްތައް ހުންނަން،" ސޮނެވާފުށީގެ ޝެފް ޑި ކުޒިންގެ މަގާމުގައި ހުރި ސޮބާ ބުންޏެވެ. "އެކަމަށް އަހަރެން އިއުތިރާޒެއް ނުކުރަން."

ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް
ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް

ސޮނެވާފުށީގައި ސޮބާގެ ނަމުގައި ހުޅުވި "ސޮބާސް ރެސްޓޯރަންޓް" އާއި "ސޮބާ އެޓް އައުޓް އޮފް ދަ ބްލޫ"އަކީ ހަމައެކަނި ސޮބާގެ އަމިއްލަ އުފެއްދުންތައް ހިމެނޭ ދެ ރެސްޓޯރަންޓެވެ.

ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް
ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުުުުުކުކުޅާއި ފިހުނު މަސް

"މިތަނަށް އަންނާނެ ވަރަށް ގިނަ ޓޫރިސްޓުން ރިޕީޓްކޮށް. އޭގެ ތެރޭގައި ހަމައެކަނި އަހަރެންގެ ކެއުންތަކުގެ ރަހަ ބަލާލަން އަންނަ ޓޫރިސްޓުން ވެސް ހިމެނޭ. މި އެއްޗިއްސަށް ވަރަށް ކޮމެންޓްތައް ރަނގަޅު."

އެކަމަކު ދުނިޔޭގެ ކެއުންތައް ދިރުވުމުގެ ބަދަލުގައި ސޮބާގެ ހިތް ދިޔައީ ދިވެހި އުފެއްދުންތަކާ ދިމާއަށެވެ. އޭނާ ރާއްޖެ އިން ބޭރަށް މުބާރާތްތަކަށް ގޮސްފައި ވެސް، ކުރެވޭތޯ ބަލަނީ ދިވެހި އުފެއްދުންތައް ކޮންމެވެސް ގޮތަކަށް މޮޑިފައި ކޮށްލައިފައި އެ މީހުންނަށް ރަހަ ދައްކާލެވޭތޯ އެވެ. ސޮބާ ބުނާ ގޮތުން އޭނާގެ އަމިއްލަ 150 އަށް ވުރެ ގިނަ ޑިޝް ހުރި އިރު އޭގެ ތެރޭގައި ދިވެހި އުފެއްދުންތައް ވަރަށް ގިނަވާނެ އެވެ.

"އެންމެ ފަހުން އަހަރެން ދިޔައީ ނައިޖީރިޔާގެ ލާގޯސް އަށް. އެތާނގެ ވަރަށް މަޝްހޫރު ރެސްޓޯރަންޓެއްގައި މިދިޔަ މަސް އެއްކޮށް އޮންނާނީ އަހަރެންގެ އަމިއްލަ މެނޫއެއް،" އޭނާ ބުންޏެވެ. "އަހަރެން ގޮސް އެ މީހުންނަށް އެ ކައްކާ ގޮތް ދަސްކޮށްދެނީ. ދިވެހި ކެއުންތައް ވެސް އޭގެ ތެރޭގައި ހިމެނޭނެ. މިސާލަކަށް ތަރަފަނަ ކަހަލަ އެއްޗިއްސާއި ރިހާކުރު ކައްކާނެ ގޮތާއި ރިހަ ހަދާ ގޮތާއި ހަވާދު ނަގާ ގޮތް ކިޔައިދީ ދަސްކޮށްދީފައި އެނބުރި މި އަންނަނީ."

ސޮބާ ބޭނުންވީ، ސޮނެވާފުށީގެ ވެސް އެދުމުގެ މަތިން ތަފާތު ކާއެއްޗެހިތަކެއް ތައާރަފުކޮށްދޭށެވެ! އޭގެ ސަބަބުން އޭނާގެ ދެ އަތުން ވަނީ ދިވެހި ވަރަށް ގިނަ ޑިޝްތައް މޮޑިފައިކޮށް ޓޫރިސްޓުންގެ ހިތް އަތުލައިފަ އެވެ. އޭގެ ތެރޭގައި ބަނބުކެޔޮ ބޮނޑިބަތާއި ފިހުނު މަހާއި ކަނޑުކުކުޅު ކަހަލަ އެއްޗެހި ހިމެނެ އެވެ. މީގެ ތެރެއިން ވެސް އޭނާ އެންމެ ބޮޑަށް ފާހަގަކުރި ދެ އައިޓަމަކީ ކަނޑުކުޅާއި ފިހުނު މަހެވެ.

"އަހަރެން ބެލީ ދިވެހި ރަހަތައް ނުގެއްލޭ ގޮތަށް، ހަމަ ދިވެހި ހަވާދުގައި މި ދެ ބާވަތް ވެސް ހަދަން. ސީދާ އަހަރެމެންގެ މާމަމެންގެ ރެސިޕީ މީގައި އޮވެފައި ޓޫރިސްޓުންނަށް ކަމުދާނެ ފެންވަރު ރަނގަޅު ޑިޝްއަކަށް ބަދަލުކޮށްލަން. އޭދަފުއްޓަކީ ކަނޑުކުޅު އެންމެ މީރު ރަށް. އަހަރެން އެންމެ ބޮޑަށް ބެލީ އެ ރަހަ މީގައި ހިފަހައްޓާލެވޭތޯ،" މިހާރުވެސް ކުޑަކުދިންނަށް ކެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގައި ފަސް އަހަަރު ހޭދަކޮށްފައިވާ ޝެފް ބުންޏެވެ.

ދިވެހިން ކަނޑުކުޅު ކައްކާ ގޮތާ ސޮބާ އޭތި ހަދާ ގޮތް މުޅިން ތަފާތެވެ. އެންމެ ބޮޑު ތަފާތަކީ ސޮބާގެ ކަނޑުކުކުޅު ނުކައްކާ ކަމެވެ.

"ދިވެހިން ކަނޑުކުކުޅު މި ހަދަނީ ވަރަށް ދިގު ޕްރޮސެސްއެއްގެ ތެރެއިން. ހަވާދު ދަވައިގެން މަސްގަނޑަށް އެ އެޕްލައިކޮށްގެން، އެ ރޯލްކޮށްގެން ހަ ގަޑިއިރު އެބަ ކައްކަން ޖެހޭ. އަދި އޭގެ ފަހުން އަނެއް ދުވަހު އެއަށް ބޯކިރު އަޅައިގެން އަނެއްކާ ވެސް މި ކައްކަނީ،" އޭނާ ކިޔައިދިނެވެ. "އަހަރެން މި ހަދާގޮތަކީ ހަވާދު ހަދާފައި މަސްގަނޑު ނުވެއް ކައްކަން. ކަޕާޗިއޯ ސްޓައިލަށް މަސްގަނޑު ވަރަށް ތުނިތުނިކޮށް ސްލައިސްއެއް މި ނަގަނީ. ދެން ތަށީގައި އަތުރާލައިފައި ހަވާދު އެޕްލައިކޮށްފައި ދެން މި ބޭނުންކުރަނީ ކުރުނބާގެ ހެވާ. ދެން ދިވެހި ހަވާދުކޮޅަކާ އެކު ކާށި ޑި ހައިޑްރޭޓްކޮށް ކްްރަންޗީ ކޮށްފައި އޭގެ މައްޗަށް މި އަޅާލަނީ. ދެން އޭގެ ލޮނު ހެޔޮވަރު ކޮށްލަން އަހަރެން މި ބޭނުން ކުރަނީ މޫދުގެ ލޮނު. އެއިން ސީވޯޓާ ޖެލީ ހަދައިގެން ބޭނުންކުރަނީ."

އޭނާ ބުނާ ގޮތުން އެ ކާލީމަ، ހަމަ ސީދާ ދިވެހި ކަނޑުކުކުޅުގެ ރަހަ ލާނެ އެވެ. އަދި ވަރަށް ކްރަންޗީ އެއްޗެއް ކެވޭ ކަމުގެ އިހުސާސް އެ މީހަކަށް ކުރެވޭނެ އެވެ. މިއީ ޒަމާނީ ދިވެހި ކަނޑުކުކުޅެވެ.

މަސް ފިހުމުގައި ވެސް އޭނާގެ އުސޫލުތައް މުޅިން ތަފާތެވެ. ކަނޑުކުޅު މީރުވި ގޮތަށް އޭނާ ފިހާ މަހުގައި ވެސް ވަރަށް އޮރިޖިނަލް ރަހައެއް ހުންނަކަން ޓޫރިސްޓުން ފާހަގަ ކުރާ ކަމަށް އޭނާ ބުނެ އެވެ.

"އަހަރެމެން މަސް މި ފިހަނީ ބިމު އަޑީގައި،" މަސް ފިހާ ގޮތް އޭނާ ކިޔައިދޭން ފެށި އެވެ. "އޭގައި ވާ ގޮތަކީ އެންމެ ފުރަތަމަ ވަޅުގަނޑެއް ކޮނެފައި ޝާކޯލް އަންދަނީ. ދެން މަހަށް ދިވެހި ހަވާދު އެޕްލައި ކޮށްފައި ތެޔޮ ފަތާއި ދޮންކެޔޮ ގަހުގެ ފަތާއި މުޑި ކާށި ކުރުއްޕަތާ އެއްޗެހިން މަސްގަނޑު ޕާރުސަލް ކޮށްލަނީ. ދެން ފެނަށް ލައިފައި ހުންނަ ސުތުލި ގޯނި އޭގައި އޮޅާލައިފައި ހަ ގަޑިއިރު މެރިނޭޓް ކޮށްފައި ބާއްވަނީ. ދެން ޝާކޯލް އެނދީމަ އެންމެ ފުރަތަމަ އޭގެ މައްޗަށް ތެޔޮފަތެއް ލައިފައި އޭގެ މަތީގައި ޕާރުސަލް ބާއްވަނީ. އޭގެ މައްޗަށް އަނެއްކާ ވެސް ދޮންކެޔޮ ފަތް އަޅައިފައި އޭގެ މައްޗަށް އަނެއްކާ ވެސް ގޯނި އަޅާފައި މައްޗަށް ފަސް އަޅާފައި ބަހައްޓަނީ. ދެ ކިލޯގެ މަހެއް ވިއްޔާ ދޮޅު ގަޑިއިރުން ފިހޭނެ."

މިހެން ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ސޮބާ ބުނި ގޮތުގައި، އޭގެ އެއްވެސް ރަހައެއް މަސްގަނޑުން ބޭރުވިޔަ ނުދިނުމެވެ. އަދި އޭނާ ބުނީ އެހެން ހެދީމަ އެރޯމާ ސްޓީމެއްވެ މަސްގަނޑުގައި ވަރަށް މީރު ރަހައެއް ލާނެ ކަމަށެވެ.

"މިކަހަލަ ދިވެހި އެއްޗެހި އޭގެ އަސްލު ރަހަ ނުގެއްލޭ ގޮތަށް އަހަރެން ބޭނުންވަނީ ބަދަލުކޮށްލަން. އެކަން ވަރަށް ކާމިޔާބު ކަމާ އެކު އެބަ ކުރިއަށް ދޭ،" އަމިއްލަ އުފެއްދުންތަކުން ދުނިޔޭގެ އެންމެ މަތީ ލަގަބު (މެޝެލިން ސްޓާ) ހޯދުމަށް މަސައްކަތް ކުރާ ހުނަރުވެެރިޔާ ބުންޏެވެ.

އެ މަސައްކަތް އޭނާ އަށް އަންނަނީ ކާމިޔާބު ވަމުންނެވެ. އޭނާގެ 100 ޕަސެންޓް އަމިއްލަ ޑިޝްތައް ދިވެހިންގެ ދުލުގައި ނުޖެހުނަސް އޭގެ ރަހަ ބެލި ކޮންމެ މީހަކު ވެސް އޭނާ އަށް އަންނަނީ ތައުރީފު ކުރަމުންނެވެ.

"އެކަމަކު މި ރަހަތައް ދިވެހިންނާ ހަމައަށް އަދި ދާނެ،" އޭނާ ބުންޏެވެ. "އަހަރެން އެބަ އޭގެ ފޮތެއް ހަދަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ އާންމުންނާ ހަމައަށް ލިބޭނެ."