ގެވެހި މަސައްކަތް ކުރާ ފިރިހެނުން ދުޅަހެޔޮ
ގެވެހި މަސައްކަތް ކުރާ ފިރިހެނުން ދުޅަހެޔޮ

އަންހެނުންނާ އެއްވަރަށް ގޭތެރޭގެ މަސައްކަތްތައް ކޮންމެ ދުވަހަކު ކުރާ ފިރިހެނުން، އެ ނޫން ފިރިހެނުންނަށް ވުރެ ސިއްހީ ގޮތުން ދުޅަހެޔޮ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

ގެވެހި މަސައްކަތް ކުރާ ފިރިހެނުން ދުޅަހެޔޮ
ގެވެހި މަސައްކަތް ކުރާ ފިރިހެނުން ދުޅަހެޔޮ

ގުޑްޓައިމްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ގޭތެރެ ސާފުކުރުމާއި ތަންމަތި އެޅުމާއި ތަށިތައް ދޮވުމާއި ބަގީޗާ ބެލެހެއްޓުން ފަދަ މަސައްކަތްތައް ކުރާ ފިރިހެނުން ޖިސްމާނީ ގޮތުން ދުޅަހެޔޮވުމުގެ އިތުރަށް ނަފުސާނީ ގޮތުން ވެސް ވަރުގަދަ އެވެ.

ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ. ހުއާންގް ވެއި ލީ ވިދާޅުވި ގޮތުގައި ގޭތެރޭގެ މަސައްކަތް ކުރާ ފިރިހެނުންނަށް މައިގަނޑު ތިން ފައިދާއެއް ލިބެ އެވެ. އެއީ ހަށިގަނޑުގެ ދުޅަހެޔޮކަމާއި އިމޯޝަނަލް ކޯޝަންޓް (އީކިއު) މަތިވުމާއި ސިއްހީ ލައިފް ސްޓައިލަކަށް މަގުފަހިކޮށް ދިނުމެވެ.

ބައެއް ފިރިހެނުންނަކީ އަދާކުރާ ރަސްމީ ވަޒީފާއާ ހެދި ނުވަތަ އެހެން ކޮންމެވެސް ކަމަކާ ހެދި ގޭތެރޭގެ މާ ބޮޑު މަސައްކަތެއް ނޯންނާނެ މީހުންނެވެ. އެކަމަކު އެފަދަ މަސައްކަތުގައި އަނބިމީހާ ނުވަތަ އާއިލާގެ މީހުންނަށް އެހީވުމަކީ އެ މީހުންނާ އޮންނަ ގުޅުން ވެސް ބަދަހިކޮށްދޭ ކަމެއްކަން ޑރ. ހުއާންގް ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ގޭތެރެ އާއި ގޯތި ތެރެ ކުނި ކެހުން. ގޭތެރޭގައި މޮޕްލުން. ފާހާނާ ސާފުކުރުން. ބަދިގެ ތެރޭގައި ތަށިތައް ދޮވުން ކަހަލަ ކަންކަމަކީ ހަމަ ހަށިގަނޑަށް ގެނެވޭ ކަސްރަތީ ހަރަކާތްތަކެއް،" އޭނާ ވިދާޅުވި އެވެ.

ހުއާންގް ވިދާޅުވި ގޮތުގައި ކޮންމެ ކަމެއް ބުރަ މަސައްކަތެއްގެ ގޮތުގައި ދެކުމަށް ވުރެ، އެކަމެއް ކުރުމުން ސިއްހީ ގޮތުން ލިއްބައިދޭ ފައިދާތަކާ ދޭތެރޭ ސީރިއަސްކޮށް ވިސްނާލުން މުހިއްމެވެ.

"އޮފީސް ނިންމާފައި ގޮސް ކާލައިގެން ސޯފާ އަށް ވެއްޓިގަނެގެން އޮވެ، ޓީވީ ބެލުން ފަދަ ކަންކަމަކީ ސިއްހީ ގޮތުން މީހާ ހަލާލުކޮށްލާނެ އަދި ނުރަނގަޅުން ނޫން ކެއުމުގެ އާދަތައް ވެސް އަށަގަންނުވާނެ ކަމެއް. އޭގެ ބަދަލުގައި ގޭތެރޭގައި ވެސް ފިރިހެނުން ހަރަކާތެރިކޮށް އުޅުމުން ލިބޭ ފައިދާތައް ގިނަ."

ހުއާން ވިދާޅުވި ގޮތުގައި ބައެއް ފިރިހެނުންނަކީ ރަސްމީ ވަޒީފާގައި ބުރަކޮށް އުޅެން ޖެހުމުން ކަސްރަތު ކުރަން އެކަށީގެންވާ ވަރަށް ވަގުތު ނުލިބޭ އަދި ކަސްރަތު ކުރުމަކީ ކޮންމެހެން މާ މުހިއްމު ކަމެއް ކަމަށް ނުދެކޭ މީހުންނެވެ.

"އެހެންވީމާ އެފަދަ މީހުންނަށް އޮތް އިހްތިޔާރަކަށް ވާނެ ގޭތެރޭގެ މަސައްކަތުގައި ހިއްސާވުން. އެކަމުގެ ސަބަބުން ފައިދާތަކެއް އެބަ ލިއްބައިދޭ،" އޭނާ ވިދާޅުވި އެވެ. "ހަށިގަނޑަށް ހަރަކާތްތެރިކަން ގެނުވާ. އޭގެ މާނައަކީ ކަސްރަތެކޭ އެ ކުރެވެނީ."