ކާށިދޫ ފަރަށް އެރި ތެޔޮބޯޓް ފުންކޮށްފި
ކާށިދޫ ފަރަށް އެރި ތެޔޮބޯޓް ފުންކޮށްފި

ގިނަ އަދަދެއްގެ ތެލާ އެކު ކ. ކާށިދޫ ފަރަށް އެރި ތެޔޮބޯޓް "މާތޮޅި" މިއަދު ފުންކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މާތޮޅި ފުންކުރެވުނީ މިއަދު 11:22 ގައި ކަމަށެވެ. ފުންކުރި އިރު ބޯޓަށް ބޮޑު ގެއްލުމެއް ނުވާ ކަމަށާއި ތެޔޮ ލީކް ވެސް ނުވާ ކަމަށް ބުންޏެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ދުއްވާ މާތޮޅި ކާށިދޫ ފަރަށް އެރީ މިދިޔަ ބުދަ ދުވަހު އެވެ. ބޯޓުގައި ހުރީ ސްޓެލްކޯ އިން ކާށިދޫގައި ހިންގާ އިންޖީނުގެ އަށް ގެންދިޔަ ތެލެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބޯޓުގައި އޭރު 180،000 ލިޓަރުގެ ޑީސަލް އާއި 27،000 ލިޓަރުގެ ޕެޓްރޯލް ހުއްޓެވެ.