އާޝިޝް ޗައުދަރީ އަށް ރާއްޖެ މަތިން ހަނދާން ނައްތާ ނުލެވިފައި
އާޝިޝް ޗައުދަރީ އަށް ރާއްޖެ މަތިން ހަނދާން ނައްތާ ނުލެވިފައި

އެކްޓަރު އާޝިޝް ޗައުދަރީ ވަނީ ހޫނު މޫސުމުގެ ހޫނުން ސަލާމަތްވުމަށް ދިވެހިރާއްޖޭގައި ދާދިފަހުން ޗުއްޓީއެއް ހޭދަކޮށްފަ އެވެ. ޗުއްޓީ ނިންމާލުމަށް ފަހު އެނބުރި މުމްބައި އަށް އާޝިޝް އެނބުރި ގޮސްފައި ވިޔަސް ރާއްޖޭގައި ހޭދަކުރި އުފާވެރި މަޖާ ދުވަސްތަކުގެ ހަނދާންތައް އޭނާގެ ހިތުގައި އަދިވެސް އާލާވޭވޭ އެބަހުއްޓެވެ.

އާޝިޝް ޗައުދަރީ އަށް ރާއްޖެ މަތިން ހަނދާން ނައްތާ ނުލެވިފައި
އާޝިޝް ޗައުދަރީ އަށް ރާއްޖެ މަތިން ހަނދާން ނައްތާ ނުލެވިފައި

"އަހަރެން އަބަދުވެސް ލަންޑަން ކަހަލަ ރަށްތަކަށް ދާން ބޭނުންވަނީ. ނަމަވެސް ދިވެހިރާއްޖެއަކީ ދުނިޔެމަތީގައިވާ ސުވަރުގެ ގޮތުގައި އަހަންނަށް ފެނުނީ. ބައެއް ފަހަރަށް ޕާޓީތަކަށް ގޮސް ތަންތަން ބަލާލަން ގޮސްލާހިތް ވިޔަސް ހިތްހަމަޖެހުމާއި އަމާންކަން އިހްސާސްކޮށްލަން ދާން އެންމެ ރަނގަޅު ތަނަކީ ހަމަ ދިވެހިރާއްޖެ،" އާޝިޝް ބުނެފައި ވެއެވެ.

އަންހެނުން ސަމީތާ ބަންގަރްގީއާ އެކު ރާއްޖޭގައި ހޭދަކުރި ޗުއްޓީއަކީ ހަޔާތުގައި ވެސް މިހާތަނަށް ކުރެވުނު އެންމެ ރަނގަޅު ތަޖުރިބާކަމަށް އާޝިޝް ސިފަ ކުރި އެވެ.

މިއީ އާޝިޝް ރާއްޖެއަށް އައި ދެވަނަ ފަހަރު ނަމަވެސް މިފަހަރުގެ ތަޖުރިބާ މާ ރަނގަޅުކަމަށް އޭނާ ބުންޏެވެ. މީގެ ކުރިން އޭނާ ރާއްޖެ އައީ ފިލްމެއްގެ ޝޫޓިންއަކަށެވެ.

މިފަހަރު އޭނާ ރާއްޖޭގައި ހުރި ރިސޯޓުގެ ފުރިހަމަކަމާއި އެތާނގެ މެހެމާންދާރީ އަށް ވެސް އާޝިޝް ވަރަށް ބޮޑަށް ތައުރީފުކުރި އެވެ.

އާޝިޝް އެންމެ ފުރަތަމަ މުނިފޫހިފިލުވުމުގެ ދުނިޔެއަށް ނުކުތީ "ހަމް ޕަރްދޭސީ ހޯގަޔޭ" ކިޔާ ޓީވީ ސިލްސިލާއަކުންނެވެ. އަދި އޭގެ ފަހުން "ކިޔާ ޔެހީ ޕިޔާރް ހޭ" ކިޔާ ސިލްސިލާއެއްގައި ވެސް ބައިވެރިވި އެވެ.

އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2003 ގައި ނުކުތް އަޖޭ ދޭވްގަން އާއި ނެހާ ދޫޕިއާ އާއެކު އޭނާ ކުޅުނު "ގަޔާމަތު" އެވެ. ނަމަވެސް އޭނާގެ އެންމެ މަޝްހޫރު ފިލްމަކަށްވީ 2013 ގައި ނުކުތް "ދަމާލް" އެވެ. އޭގެ ފަހުން އަނެއްކާވެސް އޭނާ ވަނީ ޓީވީ ސިލްސިލާ "އޭކް މުއްޓީ އާސްމާން"ގެ ލީޑް ރޯލު އަދާކޮށްފަ އެވެ.
އާޝިޝް އާއި އަންހެނުން ސަމީތާ އަށް ތިން ލިބިފައި ވެއެވެ. ފިރިހެން ދަރިފުޅަކާއި އެއްމާބަނޑު ދެ އަންހެން ކުދިންނެވެ.