ޑްރައިވިން ޓެސްޓް ހަދާ ތަން ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި
ޑްރައިވިން ޓެސްޓް ހަދާ ތަން ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި

ލައިސަންސް ނަގަން ހަދަން ޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓް ހަދާނެ ވަގުތީ ބޮޑު ތަނެއް ކާނިވާ ސަރަހައްދުގައި މިއަދު ހުޅުވައިފި އެވެ.

ޑްރައިވިން ޓެސްޓް ހަދާ ތަން ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި
ޑްރައިވިން ޓެސްޓް ހަދާ ތަން ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި

ލައިސަންސް ނެގުމަށްޓަކައި ވެހިކަލްތައް ދުއްވަން ކާނިވާ ސަރަހައްދުގައި އާ ތަނެއް މި ހެދީ މާލޭގެ ސުނާމީ ބިނާ މައިޒާން ކައިރިން ކުރިން ބޭނުންކުރި ތަން ބަންދުކުރުމުންނެވެ. އެ ސަރަހައްދު ބަންދުކުރީ، އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތެއް ހެދުމުގެ މަސައްކަތަށް އެ ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނުގެ މަގުގެ ބޮޑުއެއް ހަތަރުފުރޮޅުލީ ވެހިކަލްތައް ނުވަދެވޭ ގޮތަށް ބަންދުކޮށް އަދި އެތަނުގައި ވެހިކަލްތަކާއި އެނޫން ވެސް ސާމާނުތައް ބަހައްޓަން ނިންމުމާ ގުޅިގެންނެވެ.

ޑްރައިވިން ޓެސްޓް ހަދާ ތަން ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި
ޑްރައިވިން ޓެސްޓް ހަދާ ތަން ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި

ޕެޓްރޯލް ޝެޑް ކުރިމަތިން ކާނިވަލަށް ވަންނަ ދިމާލުގައި އަލަށް ގާއިމްކުރި ތަން ހުޅުވައި ދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އެގްޒަމިނަރުންނާއި ޑްރައިވިން ސްކޫލްތަކަށް ފަސޭހަވާނެ ގޮތަކަށް ހުޅުމާލޭގައި މިފަދަ ޓްރެކެއް ގާއިމު ކުރާނެ ކަމަށެވެ.

އަލަށް ހުޅުވި ތަނުން ހިދުމަތް ހޯދާއިރު، ބައެއް ކަހަލަ އުނިކަންކަން ސައިކަލް ދުއްވާ މީހުންނަށާއި އެގްޒަމިނަރުންނަށާއި ޑްރައިވިން ސްކޫލްތަކަށް ފާހަގަ ކުރެވިފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލްތަކަށް އެންމެ ފަސޭހަ ގޮތަށް މި ތަން ނެތި ހިނގައިދާނެ. ނަމަވެސް އަޅުގަނޑުމެން ބަލާފައި މިއޮތީ މިތަނުގައި ލިބިފައި އޮތް ޖާގައިގައި މިކަން ކުރެވޭތޯ،" ނާފިޒު ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި އުޅަނދު ދުއްވާ މީހުން، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާތީ، ނުރައްކާތެރި އެކްސިޑެންޓް ހިނގައި، ގިނަ ބައެއްގެ ފުރާނައަށް ގެއްލުންވާކަން ފާހަގަކުރެއްވި އެވެ. އެހެންވެ، ސައިކަލް ދުއްވާ މީހުން ހެލްމެޓް އަޅަން މަޖުބޫރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު"އާ ވާހަކަ ދެއްކި ޑްރައިވިން ސްކޫލްގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ކުރިން ޓެސްޓް ހަދަން ބޭނުން ކުރާ ސަރަހައްދަށް ވުރެ ކާނިވާ ސަރަހައްދު ބޮޑަސް، ސައިކަލް ދުއްވުމަށް އެކަށީގެންވާ ސަރަހައްދެއް ނެތެވެ. އޭގެ ބަދަލުގައި އޮތީ ކާރު ދުއްވާނެ ބޮޑު ސަރަހައްދެއް ކަމަށް އެމީހުން ވިދާޅުވި އެވެ.

މީގެ އިތުރުން ކާނިވާ ސަރަހައްދުގައި ރަސްމިއްޔާތެއް ނުވަތަ ޝޯއެއް ބާއްވާ ވަގުތު، އުޅަނދު ދުއްވުމަކީ މަނާކަމެއްގެ ގޮތުގައި ހަމަޖައްސާފައި އޮތުމަކީ ލިބޭ ގެއްލުމެއް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ. އަދި ބައެއް ތަންތަނުގައި ގާ އަތުރާފައި ނެތުމުން އެބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.