ޝަލަބީގެ ހިދާއީ ނޫރުގެ ތިން ވަނަ އަލްބަމް ނެރެފި
ޝަލަބީގެ ހިދާއީ ނޫރުގެ ތިން ވަނަ އަލްބަމް ނެރެފި

ޝަލަބީ އިބްރާހިމްގެ "ހިދާއީ ނޫރު"ގެ ތިން ވަނަ އަލްބަމް މިއަދު ނެރެފި އެވެ.

ޝަލަބީގެ ހިދާއީ ނޫރުގެ ތިން ވަނަ އަލްބަމް ނެރެފި
ޝަލަބީގެ ހިދާއީ ނޫރުގެ ތިން ވަނަ އަލްބަމް ނެރެފި

ރޯދަ މަހުގެ ފަހު 10އާ ދިމާކޮށް ތައްޔާރުކުރި އެ އަލްބަމް ނެެރެދެއްވީ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ޝަލަބީގެ ހިދާއީ ނޫރުގެ ތިން ވަނަ އަލްބަމް ނެރެފި
ޝަލަބީގެ ހިދާއީ ނޫރުގެ ތިން ވަނަ އަލްބަމް ނެރެފި

ހައުސް އޮފް މިއުޒިކް އަދި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ތަރި، ޝަލަބީއާ ގުޅިގެން ނެރުނު އަލްބަމްގައި ހަތް މަދަހަ ހިމެނެ އެވެ. އެއީ އަމިއްލަ ރާގުގެ މަދަހަތަކަކަށް ވާއިރު ބައިސްކޯޕް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު އަޑުއަހާލެވޭނެ އެވެ.

ޝަލަބީ ބުނިގޮތުގައި މީގެ ކުރިން ނެރުނު ހިދާއީ ނޫރުގެ ދެ އަލްބަމަށް ވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.

"ވަރަށް ރީތި، ނަސޭހަތްތަކެއް ހުންނާނީ މަދަހައިން ފޯރުކޮށްދީފައި،" ޝަލަބީ ބުންޏެވެ.

މަދަހަތަކުގެ ޅެން ހަދާފައިވަނީ ޓީވީއެމްގައި މަސައްކަތްކުރާ ނޫސްވެރިއެއް ކަމުގައިވާ ނަސްމާ އަބްދުލް މުހުސިންގެ އިތުރުން އަހުމަދު ޝަރީފެވެ.

އައިޑޮލް އަށް ފަހު ޝަލަބީ އަންނަނީ އިޖުތިމާއީގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.