މި ޑިވައިސް އަކީ ތަރުޖަމާނެއް
މި ޑިވައިސް އަކީ ތަރުޖަމާނެއް

ޖީބަށް ލެވޭ ސައިޒުގެ މި ޑިވައިސް އަކީ ކޮންމެ ބަހަކުން ވެސް މުއާމަލާތުކުރެވޭނެ އެއްޗެކެވެ. "ޓްރާންސްލެޓީ" އަކީ މީގެ ކުރިން ކޮންމެ ކޮންމެ މީހަކަށް ލިބޭ އެއްޗަކަށް ނުވިޔަސް މި މުހިންމު ޑިވައިސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ޖަޕާނުގެ މި އުފެއްދުމުގައި 40 އަށް ވުރެ ގިނަ ބަސް ހިމެނެ އެވެ.

މި ޑިވައިސް ބޭނުން ކުރުމަށް ހާއްސަ ތަމްރީނަކަށް ބޭނުމެއް ނުވެ އެވެ.

އެންމެ ފުރަތަމަ، މުއާމަލާތުކުރަން ބޭނުންވާ ބަހުރުވަ ހޮވުމަށް، އޭ ފިތަށް އޮބައިގެން ހުރެ ވާހަކަ ދައްކަންވީ އެވެ. މި ފިތުން ދޫކޮށްލުމާ އެކު ޓްރާންސްލެޓީ އޭގެ އަމިއްލަ ޒާތުގައި އެ ވާހަކަތައް، ހޮވާފައިވާ ބަހަށް ތަރުޖަމާކޮށްލާނެ އެވެ. އޭގެ ފަހުން، އެކޮޅުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށްޓަކައި ބީ ފިތަށް އޮބައިގެން ހުންނާށެވެ. އެކޮޅުގެ ވާހަކަ ނިމުމުން ޓްރާންސްލެޓީ އަނެއްކާ ވެސް ތިމާގެ ބަހުރުވައިން ތިމާއަށް އަށް އެ ބަސްތައް ތަރުޖަމާކޮށްދޭނެ އެވެ.

ޑިވައިސްގައި މިހާރުވެސް، ޗައިނީޒް، އިންގްލިޝް، ކޮރެއަން، ރަޝިއަން، ޖާމަން، ތައި، ގްރީކް، އިޓަލިއަން، ޑަޗް، ސްޕެނިޝް(ސްޕެއިން/މެކްސިކޯ)، ޕޯޗުގީޒް(ޕޯޗުގީޒް/ބްރެޒިލް)، ފްރެންޗް، އެރެބިކް، ހަންގޭރިއަން، ސްވެޑިޝް، ޗެކް، ދަނިޝް، ފިންނިޝް، ޕޯލިޝް، އިންޑޮނީޝިއަން، ބަލްގޭރިއަން، މެލޭޝިއަން، ޕިލިޕީންސް، ހިންދީ އަދި ހިބްރޫ ހިމެނެ އެވެ.

މީގެ އިތުރުން ވެސް މި ޑިވައިސްގައި ނުހިމެނޭ ބައެއް ބަހުރުވަތައް ވެސް މިއަށް އެޅޭނެ އެވެ.