މުއްސަނދި ފިރިމީހާގެ ފަރާތުން ލިބުނު މިލްކިއްޔާތު ހައިރާތަށް
މުއްސަނދި ފިރިމީހާގެ ފަރާތުން ލިބުނު މިލްކިއްޔާތު ހައިރާތަށް

މި އަހަރުގެ ކުރީކޮޅު ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ ގާތުން ވަރިވި މެކެންޒީގެ މިލްކިއްޔާތުގެ ދެބައިކުޅަ އެއްބައި ޚައިރާތަށް ހަދިޔާކުރަން ނިންމައިފި އެވެ.

ޖެފްގެ ގާތުން ވަރިވުމާ އެކު ބަދަލެއްގެ ގޮތުން އެމެޒޯންގެ ހަތަރު ޕަސެންޓް ހިއްސާއާއެކު އެކު، މެކެންޒީގެ މިލްކިއްޔާތު ވަނީ 37 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. އަދި އޭނާ ހިމެނެނީ މި ވަގުތު ދުނިޔޭގައި އެންމެ މުއްސަނދި އަންހެނުންގެ ތެރޭގަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މެކެންޒީގެ މިލްކިއްޔާތުގެ ދެބަކުޅަ އެއްބައި ހައިރާތަށް ހަދިޔާ ކުރާ އިރު، 23 ގައުމަކަށް "ދަ ގިވިން ޕްލެޖް" ގެ ދަށުން އޭގެ މަންފާ ލިބޭނެ އެވެ. އަދި މިކަމަކީ ވަރީގެ އެއްބަސްވުމުގެ ތެރެއިން ކުރާ ކަމެއް ނޫން ކަމަށާއި މިއީ އެހީ އަށް ބޭނުންވާ މީހުންނަށް އެހީވުމުގެ ގޮތުން މެކެންޒީ ކުރާ ކަމެއް ކަމަށް ބުންޏެވެ.

މި ނިންމުމާ ގުޅޭ ގޮތުން އޭނާ ނެރުނު ބަޔާނެއްގައި ބުނީ ހިލޭ ސާބަހަށް ކުރާ މަސައްކަތުގައި އަބަދު ވެސް ދެމިހުންނާނެ ކަމަށެވެ.

"ދަ ގިވިން ޕްލެޖް" އާ ގުޅިގެން ބޮޑެތި އެހީތައް ފޯރުކޮށް ދޭ މަހުޖަހުނުންގެ ތެރޭގައި ޖެފް އާއި ބިލް ގޭޓްސްގެ ދެކަނބަލުންނާއި ވޮރެން ބަފެޓްގެ އިތުރުން ފޭސްބުކްގެ ބާނީ މާކް ޒުކަބާގްގެ ދެމަފިރިން ހިމެނެ އެވެ.

ޖެފް އާއި މެކެންޒީގެ 25 އަހަރުވީ ކައިވެނި ރޫޅައިލާކަން އިއުލާން ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 9 ގަ އެވެ.

ދެ މީހުން ބުނީ ވަރިވާން ނިންމީ އަމިއްލަ އަށް އެއްބަސްވެގެން ކަމަށާއި އެ ގުޅުން ނިމުމަކަށް އަޔަސް ކުރިއަށް އޮތް ތަނުގައި ވެސް ދަރިންގެ ބެލެނިވެރިންގެ ގޮތުގަ އާއި ގާތް ދެ ރަހުމަތްރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ.