ޑައިރެކްޓަރު އަޒީޒު މިރްޒާގެ ދަރިފުޅު ހާރޫން ވެސް ޑައިރެކްޝަނަށް
ޑައިރެކްޓަރު އަޒީޒު މިރްޒާގެ ދަރިފުޅު ހާރޫން ވެސް ޑައިރެކްޝަނަށް

ރީތި އަދި ކާމިޔާބު އެތައް ފިލްމެއް އުފައްދާފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަޒީރު މިރުޒާގެ ދަރިފުޅު ހާރޫން މިރުޒާ ވެސް ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ޑައިރެކްޓަރު އަޒީޒު މިރްޒާގެ ދަރިފުޅު ހާރޫން ވެސް ޑައިރެކްޝަނަށް
ޑައިރެކްޓަރު އަޒީޒު މިރްޒާގެ ދަރިފުޅު ހާރޫން ވެސް ޑައިރެކްޝަނަށް

ބައްޕަގެ ފިޔަވަޅު މަތިން އޭނާ ފިލްމު ހަދަން ނުކުންނަ އިރު، 42 އަހަރުގެ ހާރޫނު ވަނީ އަޒީޒު ޑައިރެކްޓް ކުރި ވަރަށް ގިނަ ފިލްމުތަކެއްގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަޒީޒު، 72، ގެ ތިބެނީ ހާރޫންގެ އިތުރުން ރަހީލާ މިރުޒާ ކިޔާ އަންހެން ކުއްޖެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ހާރޫންގެ އަލަތު ފިލްމުގެ ނަން އަދި އިއުލާންކޮށްފައި ނުވާ އިރު، މި ފިލްމުގެ ޕްރޮޑިއުސަރަކީ ރަމޭޝް ތައުރާނީ އެވެ. އަދި ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ ފިލްމުގެ ލީޑް ރޯލަށް ވަނީ ޔާމީ ގޯތަމް އާއި ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖް ހަމަޖައްސައިފަ އެވެ.

އެ ނޫހުން ބުނި ގޮތުގައި ޔަމީ ފިޔަވައި އިތުރު ބަތަލާއެއް ވެސް ފިލްމުގެ ހާއްސަ ރޯލަކުން ފެނިގެން ދާނެ އެވެ.

ހާރޫންގެ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ 2017 ގައި މަރުވި އެކްޓަރު/ޑައިރެކްޓަރު އަދި ސްކްރީން ރައިޓަރު ނީރަޖް ވޯރާ އެވެ. ފިލްމުގެ ޝޫޓިން އަންނަ އޮގަސްޓް މަހު ފަށަން ތާވަލުކޮށްފައިވާ އިރު، ރިލީޒް ކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ހާރޫންގެ ބައްޕަ އަޒީޒު އެންމެ ފަހުން ޑައިރެކްޓްކޮށް ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2008 ގައި ޝާހިދު ކަޕޫރާއި ވިދިޔާ ބާލަން ލީޑް ރޯލް ކުޅުނު "ކިސްމަތު ކަނެކްޝަން" އެވެ.

އޭނާ ޑައިރެކްޓް ކުރި އަނެއް ހަތަރު ފިލްމު ކުޅުނީ ޝާހްރުކް ހާނެވެ. އެއީ ޗަލްތޭ ޗަލްތޭ (2003)، ޕިރު ބީ ދިލް ހޭ ހިންދުސްތާނީ (2000)، ޔެސް ބޮސް (1997) އަދި ރާޖޫ ބަންގަޔަ ޖެންޓްލްމޭން (1992) އެވެ.