މަޖިލިހުގެ ރައީސަކަށް ނަޝީދު، ނައިބަކަށް އީވާ އިންތިހާބުކޮށްފި
މަޖިލިހުގެ ރައީސަކަށް ނަޝީދު، ނައިބަކަށް އީވާ އިންތިހާބުކޮށްފި

މާދަމާ ޖޭއެސްސީ އަށް މަޖިލީހުން މެންބަރަކު ހޮވައި މަޖިލީހުގެ ގަވައިދު އިސްލާހުކުރުމާ ބެހޭ މަޝްވަރާކުރައްވާނެކަން އިއުލާނުކުރައްވަމުން މަޖިލިސް ނިންމާލައްވައިފި.

މަޖިލިހުގެ ރައީސަކަށް ނަޝީދު، ނައިބަކަށް އީވާ އިންތިހާބުކޮށްފި
މަޖިލިހުގެ ރައީސަކަށް ނަޝީދު، ނައިބަކަށް އީވާ އިންތިހާބުކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ވަޑައިގެން، މަޖިލީހުގައި ތަގުރީރު ކުރައްވާނެ ކަމަށް ނަޝީދު އިއުލާނުކުރައްވައިފި.

މަޖިލިހުގެ ރައީސަކަށް ނަޝީދު، ނައިބަކަށް އީވާ އިންތިހާބުކޮށްފި
މަޖިލިހުގެ ރައީސަކަށް ނަޝީދު، ނައިބަކަށް އީވާ އިންތިހާބުކޮށްފި

މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަން އިއުލާނުކުރައްވައިފި

މަޖިލިހުގެ ރައީސަކަށް ނަޝީދު، ނައިބަކަށް އީވާ އިންތިހާބުކޮށްފި
މަޖިލިހުގެ ރައީސަކަށް ނަޝީދު، ނައިބަކަށް އީވާ އިންތިހާބުކޮށްފި

ހުރިހާ ސިޔާސީ ލީޑަރުންނަށް މަރުހަބާ ދަންނަވަމުން، ހުރިހާ ޕާޓީތަކަށް ވެސް ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން ދެއްވި.

ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދަން މެންބަރުން ބޭނުންވާ ކަންކަން މި މަޖިލީހުގައި ކުރަން ފުރުސަތު އޮންނާނެ.

މިއީ ވަރަށް ފޮނި އުންމީދުތަކާ އެކު އިންތިހާބުކޮށްފައިވާ މަޖިލީހެއް. މިއީ ސިފައިންގެ ފިޔަވައި އެންމެ ގިނަ ދުވަސްވީ މުއައްސަސާ. މިއީ ރައްޔިތުންގެ ގެ. ތިޔައީ ރައްޔިތުންގެ މަންދޫބުން. ތިޔަ ބޭފުޅުން ޖެހޭނީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން.

ނަޝީދު ވާހަކަ ދައްކަވަނީ. މަޖިލީހުގެ ކުރީގެ ދެ ރައީސުން ކަމަށް ގާސިމް އިބްރާހިމާއި އަބްދުﷲ މަސީހަށް ޝުކުރު އަދާކުރެއްވި. ގާސިމަށް ހާއްސަ ޝުކުރެއް އަދާކުރެއްވި. އަދި ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކަށް ވެސް ޝުކުރު އަދާކުރެއްވި.

ރައީސް މުހައްމަދު ނަޝީދާ މަޖިލީހުގެ ރިޔާސަތު ހަވާލުކޮށްފި.

އީވާ އަބްދުﷲ އަށް 76 ވޯޓު، ނުފެންނަ 9: ނައިބު ރައީސަކަށް އީވާ އިންތިހާބުވެއްޖެ!

ވޯޓުގެ ކަންތައް ބެލެއްޓުމަށް ނެގި ފެސް މެންބަރުންގެ ކޮމިޓީން ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި

ރިޔާސަތުން ފިޔަވައި، ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުން ވޯޓު ދެއްވި.

ނައިބު ރައީސަކު ހޮވުމުގެ ވޯޓުލުން ވެސް ނިމިއްޖެ. އެންމެ ބޭފުޅަކު ނަން ހުށަހަޅުއްވާފައި ވާތީ ނެގީ ފެންނަ ނުފެންނަ ވޯޓެއް.

ނައިބު ރައީސް ހޮވުމުގެ ވޯޓުލުން ކުރިއަށް ދަނީ

ދެން އޮންނާނީ މަޖިލީހުގެ ނައިބު ރައީސަކު ހޮވުން. ކުރިމަތިލެއްވީ އީވާ އެކަނި. ނަމަވެސް ކުރިއަށް ގެންދާނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށް ރިޔާސަތުން އިއުލާން ކުރައްވައިފި

ނަޝީދަށް 67 ވޯޓު، ގާސިމަށް 17 ވޯޓު، ބާތިލް 1 ވޯޓު: މަޖިލީހުގެ ރައީސް ކަމަށް ނަޝީދު އިންތިހާބުވެއްޖެ!

ވޯޓު ގުނުމަށް ކަނޑައެޅި ފަސް މެންބަރުންގެ ކޮމިޓީން ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި

ދެން އޮންނާނީ ވޯޓު ގުނައި ނަތީޖާ އިއުލާނުކުރުން. އޭގެ ފަހުން ނައިބު ރައީސަކު ހޮވަން ވޯޓު ނަގާނެ.

ހުރިހާ މެންބަރުން ވޯޓު ދެއްވައިފި. ޖަލްސާ އަށް ވަޑައިގެން ތިއްބެވި 86 މެންބަރުންގެ ތެރެއިން ރިޔާސަތުގައި އިންނެވި ސިޔާމް ފިޔަވައި އެހެން މެންބަރުން ވޯޓު ދެއްވައިފި. ރިޔާސަތުން ވޯޓު ދެއްވާނީ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައި.

ވޯޓުލާން ފަށައިފި. ކޮންމެ މެންބަރެއްގެ ނަން ރިޔާސަތުން އިއްވެވުމުން އެ މެންބަރަކު ވަޑައިގެން ވޯޓު ދެއްވަނީ

ވޯޓުލާން ފެށުމަށް ރަނގަބީލު ޖަހައި ތައްޔާރީތައް ވެއްޖެ. އެންމެ ފުރަތަމަ ވޯޓު ނަގާނީ ރައީސަކު ހޮވަން

ވޯޓު ކަރުދާސް ޕްރިންޓްކުރުމަށް 10 ވަރަކަށް މިނެޓް ހޭދަވާނެ ކަމަށާއި، އެ މަސައްކަތް ނިމުމާ އެކު ވޯޓުލުން ފަށާނެ ކަމަށް ރިޔާސަތުން އިއުލާނުކުރައްވައިފި

ރިޔާސަތުން ބުނި ގޮތުގައި މި ދެ ވޯޓު ނަގާނީ ވަކިވަކިން ސިއްރު ވޯޓެއްގެ ގޮތުގައި. އަދި ނަން ހުށަހެޅުއްވި ބޭފުޅުންގެ ނަންތަައް ހިމަނައިގެން ވޯޓު ކަރުދާސްކޮޅު ޗާޕް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ރިޔާސަތުން އިއުލާން ކުރި.

އީވާ ފިޔަވައި އެހެން ބޭފުޅަކު މި މަގާމަށް ވާދައެއް ނުކުރައްވާ

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ އީނާ އަބްދުﷲގެ ނަން ހުށަހަޅުއްވައިފި. އެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު އަސްލަމް. ތާއީދު ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް.

މަޖިލީހުގެ ރައީސް ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަން ހުށަހަޅުއްވައިފި. އެ ނަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު. އަދި އެ ނަމަށް ތާއީދު ކުރެއްވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހަންމަދު ލަތީފު

މަޖިލީހުގެ ރައީސް ކަމަށް މައްޗަންގޮޅީ އުތުރު މެދު ދާއިރާގެ މެމްބަރު ރައީސް މުހަންމަދު ނަޝީދުގެ ނަންފުޅު ހުށަހަޅުއްވައިފި. އެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު އަސްލަމް. ތާއީދު ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި

މި ކޮމެޓީ އަށް ވޯޓަށް އެހުމުން ހުރިހާ މެމްބަރުން ވަނީ ފެންނަ ވޯޓު ދެއްވާފައި. އެއީ 85 މެމްބަރުން. ރިޔާސަތުން ވޯޓު ނުދެއްވާއިރު، އެއް މެމްބަރަކު ޖަލްސާ އަށް ވަޑައެއް ނުގަންނަވާ

ފަސް މެމްބަރުންގެ ކޮމެޓީގައި ތިއްބަވާނީ، ތުޅާދޫ ދާއިރާގެ ހިސާން ހުސެއިން، އިސްދޫ ދާއިރާގެ އަލީ ހަމީދު، ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މުހަންމަދު ސައީދު އަދި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން

މުހަންމަދު ރަޝީދު ހުށަހެޅުއްވި ފަސް މެމްބަރުންގެ ކޮމެޓީ ފިޔަވައި އެހެން ހުށަހެޅުމެއް ހުށަހަޅާފައެއް ނުވޭ. އެހެންވެ ދެން ވޯޓަށް އަހާނީ އެ ކޮމެޓީ ފާސްކުރުމަށް.

ވޯޓުގެ ކަންކަން ބަލަހައްޓަން ފަސް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލަން ފުރުސަތު ހުޅުވާލުމުން އަލިފުށީ ދާއިރާގެ މެމްބަރު މުހަންމަދު ރަޝީދު އެ ކޮމެޓީ އަށް ފަސް ބޭފުޅުންގެ ނަން ހުށަހަޅުއްވައިފި. އަދި މަރަދޫ ދާއިރާގެ މެމްބަރު އެ ނަންތަކަށް ތާއީދު ކުރައްވައިފި.

މިރޭ ހުވާ ކުރި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ޖަލްސާ ދާދި ދެންމެއަކު މަޖިލީހުގެ އިދާރާގައި ފަށައިފި އެވެ.

އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރު މީދޫ ދާއިރާގެ އަހުމަދު ސިޔާމް މުހަންމަދެވެ.

މަޖިލީހުގެ ރައީސަކަށް ކުރިމަތިލައްވާ ގޮތަށް އެމްޑީޕީން ނިންމައިފައި ވަނީ އެ ޕާޓީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ރައީސް މުހަންމަދު ނަޝީދެވެ. ނައިބު ރައީސް ކަމަށް ހުށަހަޅަން ނިންމާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އެކަން އެގޮތަށް ނިންމާފައި ވަނީ ރޭ އެމްޑީޕީން ބޭއްވި ޕީޖީ ގުރޫޕުގެ ޖަލްސާގަ އެވެ.