އާ މަޖިލިސް ހުވާކޮށްފި
އާ މަޖިލިސް ހުވާކޮށްފި

މިދިޔަ މަހު ބޭއްވި އާންމު އިންތިހާބުގައި ހޮވިވަޑައިގެންނެވި 86 ބޭފުޅުން މިރޭ ހުވާ ކުރައްވައިފި އެވެ.

އާ މަޖިލިސް ހުވާކޮށްފި
އާ މަޖިލިސް ހުވާކޮށްފި

މިރޭ، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވަޑައިގެން ނެތެވެ. އޭނާ ވީ އުމްރާ އަށް ވަޑައިގެން ކަމަށާއި ވަޑައިގަތުމުން ހުވާކުރުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އިއުލާނުކުރި އެވެ.

އާ މަޖިލިސް ހުވާކޮށްފި
އާ މަޖިލިސް ހުވާކޮށްފި

މެމްބަރު ކަމުގެ ހުވާކުރެއްވީ މަޖިލިސް ކުރާ ގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މެމްބަރުންނަށް ހުވާލައި ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

އާ މަޖިލިސް ހުވާކޮށްފި
އާ މަޖިލިސް ހުވާކޮށްފި

މި ޖަލްސާ އަށް ފަހު މިރޭ ދެން އޮންނާނީ މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު އައްޔަން ކުރުމުގެ ޖަލްސާ އެވެ. ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައި ވަނީ އާންމު އިންތިހާބަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ޖަލްސާ އަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން މަޖިލިހުގެ މެމްބަރު ކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. މެމްބަރު ކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރުން ތިބި ނަމަ، ރިޔާސަތު ބަލަހައްޓަވާނީ އެ މެމްބަރުންގެ ތެރެއިން އެންމެ ދޮށީ މެމްބަރު ކަމަށް ގާނޫނުއަސާސީގައިވެ އެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ.

އާ މަޖިލިސް ހުވާކޮށްފި
އާ މަޖިލިސް ހުވާކޮށްފި

މަޖިލިހަށް ހޮވިވަޑައިގެންނެވި މެމްބަރުންގެ ތެރެއިން މިހާރު އެންމެ ދުވަސްވީ މެމްބަރުންގެ ތެރެއިން ހަތަރު ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވީ ސިޔާމްގެ އިތުރުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމެވެ. އެކަމަކު، ދެ ބޭފުޅުންގެ ތެރެއިން ދޮށީ ސިޔާމެވެ.

މަޖިލިހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ 65 ގޮނޑި ނަގައިފަ އެވެ. މިއީ، ޕާޓީއަކުން މިހާ ގިނަ އަދަދެއްގެ ގޮނޑިތަކެއް ނެގި ފުރަތަމަ ފަހަރެވެ.

މަޖިލިސް މިހާރު ބެހިފައި އޮތް ގޮތަށް ބަލާ އިރު، އިދިކޮޅު ޕީޕީއެމަށް ފަސް މެމްބަރުން، ކޮންގްރެސް ޕާޓީގެ ތިން މެމްބަރަކު މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެވެ. ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރުން އިންތިހާބުވެވަޑައިގެންނެވި އިރު، އެމްޑީއޭގެ ދެ މެމްބަރަކު މަޖިލިހަށް ހޮވިވަޑައިގެންނެވި އެވެ. އަދި މިނިވަން މެމްބަރުންގެ ގޮތުގައި ހަތް މެމްބަރަކު މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ނުނެގުނީ އދ. އަތޮޅާއި ކ. އަތޮޅުގެ ގޮނޑިތަކެވެ. އެކަމަކު، އާބާދީ ބޮޑު ގިނަ ދާއިރާތަކުގެ ގޮނޑިތައް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އިންތިހާބުގައި މީގެކުރިން މަޖިލިހުގެ އެކި ދާއިރާތައް ތަމްސީލް ކުރެއްވި މަޝްހޫރު ބޭފުޅުން ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.

މަޖިލިހަށް ހޮވިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.