ޓިކްޓޮކް ކުންފުނިން ސްމާޓްފޯން އުފައްދަނީ
ޓިކްޓޮކް ކުންފުނިން ސްމާޓްފޯން އުފައްދަނީ

އެތައް ބައެއްގެ ދިރިއުޅުމުގައި މިހާރު ވަކިހިއްޕާލާފައިވާ ޓިކްޓޮކްގެ ބެލެނިވެރި ކުންފުނިން ސްމާޓްފޯނުގެ ވިޔަފާރި އަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓިކްޓޮކް ކުންފުނިން ސްމާޓްފޯން އުފައްދަނީ
ޓިކްޓޮކް ކުންފުނިން ސްމާޓްފޯން އުފައްދަނީ

ވީޑިއޯ އެޕް ޓިކްޓޮކްކަކީ ޗައިނާގެ ބައިޓްޑާންސްގެ އުފެއްދުމެކެވެ. އެއީ 2012 ގައި ވުޖޫދަށް އައި ކުންފުންޏެވެ. އެކަމަކު ބައިޓްޑާންސް މިހާރު ވެފައި ވަނީ ޓެކްނޮޖޮލީގެ ދުނިޔޭގައި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދި ސްޓާޓަޕެއްގެ ގޮތުގަ އެވެ.

ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްމާޓްފޯނު އުފައްދަން ބައިޓްޑާންސުން ތައްޔާރު ވަނީ ޗައިނާގެ ސްމާޓިސަންއާ ގުޅިގެންނެވެ. އެކަމަކު މަޝްރޫއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ބައިޓްޑާންސުން އަދި ތައްޔާރެއް ނޫނެވެ.

ސްމާޓްފޯނު އުފެއްދުމުގެ މަސައްކަތުގެ ތެރެއަށް ނުކުމެ، ކަސްޓަމަރުންނަށް މުޅިން އާ އެކި ތަޖުރިބާތައް ކުރެވޭ އާދަޔާހިލާފު އެޕްތައް ގެނެސް ދިނުމަކީ ބައިޓްޑާންސްގެ ބާނީ އަދި ސީއީއޯ ޒަންގް ޔިމިންގްގެ ވަރަށް ބޮޑު ހުވަފަނެއް ވެސް މެ އެވެ.

ނަމަވެސް ބައިޓްޑާންސްގެ "އެޕްސް ޕްރި-އިންސްޓޯލްޑް" ފޯނު ކަސްޓަމަރުންގެ އަތަށް އިރާނެ އަދިއެއް ސާފެއް ނުވެ އެވެ.