ބޯކޮށް ވާރޭ ވެހި ތ. އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ
ބޯކޮށް ވާރޭ ވެހި ތ. އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ

މިއަދު ހެނދުނުން ފެށިގެން ބޯކޮށް ވާރޭ ވެހުމުން ދިއުމުގެ ސަބަބުން ތ. އަތޮޅުގެ ބައެއް ރަށްތަކުގައި ފެން ބޮޑުވެއްޖެ އެވެ.

ބޯކޮށް ވާރޭ ވެހި ތ. އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ
ބޯކޮށް ވާރޭ ވެހި ތ. އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ

ފުލުހުން ބުނީ ތ. އަތޮޅަށް މިއަދު ހެނދުނު 8:00 އިން ފެށިގެން ބޯކޮށް ވާރޭ ވެހުމުން އަންނަ ކަމަށާއި އެ އަތޮޅުގެ ހަތަރު ރަށެއްގައި ފެން ބޮޑުވެގެން ފެން ހިންދުމަށް ފުލުހުން އެހީތެރިކަން ދިން ކަމަށެވެ.

ތ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވީ އެ އަތޮޅު ވޭމަންޑޫ، ކިނބިދޫ، ތިމަރަފުށި އަދި އޮމަދޫގަ އެވެ.

ފެން ބޮޑުވި ރަށްތަކުގެ ތެރެއިން ވޭމަންޑޫގައި ބޮޑުވި ފެންގަނޑު ހިންދަން އެ ރަށު ރައްޔިތުންނާއި ރަށު ކައުންސިލާއި ފުލުހުން ގުޅިގެން ވަނީ ކޯރު ކޮނެފަ އެވެ. ތިމަރަފުށީގައި ފެން ހިންދަން މަސައްކަތް ކުރަމުން އަންނަނީ ފުލުހުންނާއި ސިފައިން ގުޅިގެންނެވެ. އެ ރަށުގައި ޕަމްޕް ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކިނބިދޫން ފެން ހިންދަން އެރަށުގެ ހަތަރު ސަރަހައްދަކުން ވަނީ މޫދަށް ކޯރު ކޮނެފަ އެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކުގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެގޮތުން ފ. އަތޮޅުން ފެށިގެން ގއ. އަތޮޅާ ހިސާބަށް މިހާރު ވެސް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.