ގޭންގު ރޭޕް ވީޑިއޯއަކާ އެކު ބްރެޒިލް އަށް ސިހުމެއް
ގޭންގު ރޭޕް ވީޑިއޯއަކާ އެކު ބްރެޒިލް އަށް ސިހުމެއް

ސައޮ ޕޯލޯ (މެއި 29) - ސޯޅަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ސޯޝަލް މީޑިއާގައި އެ ނުބައި އަމަލުގެ ވީޑިއޯ އާންމު ކުރި މައްސަލާގައި 30 މީހަކު ހޯދުމުގެ މަސައްކަތް ބްރެޒިލް ފުލުހުން ފަށައިފި އެވެ.

ގޭންގު ރޭޕް ވީޑިއޯއަކާ އެކު ބްރެޒިލް އަށް ސިހުމެއް
ގޭންގު ރޭޕް ވީޑިއޯއަކާ އެކު ބްރެޒިލް އަށް ސިހުމެއް

ރަށްޓެހިވެގެން އުޅޭ ކުއްޖާގެ ގެއަށް ގޭންގަކުން އިއްޔެ ވަނުމަށް ފަހު، މަސްތުވާތަކެތި ދީ އެ އަންހެން ކުއްޖާ ހޭއެރިއިރު އެކަމުގައި ޝާމިލުވާ މީހުން ވަނީ އޭނާ އެހެން ގެއަކަށް ގެންގޮސްފައި ކަމަށް އެ ކުއްޖާ ބުނެ އެވެ.

އަންހެން ކުއްޖާ ރަށްޓެހިވެގެން އުޅޭ ކުއްޖާގެ އިތުރުން، 30 މީހަކު ހައްޔަރު ކުރުމުގެ އަމުރު މިހާރު ވަނީ ނެރެފަ އެވެ. އޭގެ ތެރެއިން އެކަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ ބްރެޒިލް މީޑިއާ އިން ބުނެ އެވެ.

އެ ހަމަލާއާ ގުޅޭ މައުލޫމާތު އަދިވެސް ފެންމަތިވަމުން އައި ނަމަވެސް، އެ ހާދިސާ ހިނގާފައިވަނީ ރިއޯ ޑި ޖެނީރޯގެ ފަގީރު އަވަށެއްގައި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. އެ ހާދިސާ ވަނީ ބްރެޒިލްގައި އަަށަގެންފައިވާ "ރޭޕް ކުރުމުގެ ސަގާފަތާ" ދެ ކޮޅަށް އާންމުންގެ ވަރުގަދަ ކެމްޕޭނެއް ފަށައިފަ އެވެ. އެ ހަމަލާއާއި ގުޅިގެން އެތަކެއް ސަތޭކަ މީހުން ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފަ އެވެ.

އެ ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ، އޭނާ އަށް ހޭވެރިކަންވީ އާދީއްތަ ދުވަހު ހެނދުނެވެ. އެ ހަމާލާގައި ބައިވެރިވި ބައެއް މީހުން ވަނީ އެ ހަމާލާގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ޓްވިޓާގައި އާންމުކޮށްފަ އެވެ.

"އަހަރެން ހީކުރީ، މިކަމުގައި އާންމުން ކުށްވެރިކުރާނީ އަހަރެން ކަމަށް" އޭނާއަށް އާންމުންގެ ފަރާތުން ލިބެމުންދާ ސަޕޯޓަށް ޝުކުރުއަދާކޮށް އެ ކުއްޖާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.

"އެކަމަކު އަހަރެމެން ތެރެއިން ކޮންމެ މީހަކަށް ވެސް މިކަހަލަ ކަމަކާ ކުރިމަތިލާން ޖެހިދާނެ. އެކަހަލަ ނުލަފާ މީހުންނަށް އަދަބު ނުލިބި ދިޔުމުން ވޭން އަޅަނީ އަނިޔާ ލިބުނު ގުނަވަންތަކުގައެއް ނޫން. ރޫހުގައި. ތިޔަ ދޭ ސަޕޯޓަށް ޝުކުރިއްޔާ،" އެ ކުއްޖާ ބުންޏެވެ.