ސަކޯ އަށް އިތުރު އަދަބެއް ނުދޭން ނިންމައިފި
ސަކޯ އަށް އިތުރު އަދަބެއް ނުދޭން ނިންމައިފި

ޒިއުރިކް (މޭ 29) - މަނާބޭހަށް ޕޮޒިޓިވް ވުމުން ސަސްޕެންޑްކޮށްފައިވާ ލިވަޕޫލަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު މަމަދޫ ސަކޯ އަށް ދީފައިވާ އަދަބު އިތުރު ނުކުރަން ޔޫއޭފާއިން ނިންމައިފި އެވެ.

ސަކޯ އަށް އިތުރު އަދަބެއް ނުދޭން ނިންމައިފި
ސަކޯ އަށް އިތުރު އަދަބެއް ނުދޭން ނިންމައިފި

ސަކޯ ސަސްޕެންޑްކުރަން ނިންމީ ޔޫރޮޕާ ލީގުގެ ތިން ވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗަށް ފަހު ކުރި ޑޯޕިން ޓެސްޓުން އޭނާ މަނާބޭހަށް ޕޮޒިޓިވް ވުމުންނެވެ. އެ މައްސަލައިގައި ޔޫއޭފާއިން ނިންމީ އެކަން އިތުރަށް ތަހުގީގުކުރުމުގެ ގޮތުން ސަކޯ އަށް 30 ދުވަހު ސަސްޕެންޝަނެއް ދިނުމަށެވެ.

މި އަދަބުގެ ސަބަބުން ލިވަޕޫލުން ސީޒަނުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ސަކޯ އަށް ނުކުޅެވުނެވެ. އޭގެ ތެރޭގައި ޔޫރޮޕާ ލީގުގެ ފައިނަލުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ހިމެނެ އެވެ.

ޔޫއޭފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަކޯގެ ސަސްޕެންޝަން އިތުރު ނުކުރަން އެ އިދާރާއިން ނިންމާފައިވާ ކަމަށެވެ. އެއީ ސަކޯ ބޭނުންކުރި ބޭހަކީ މަނާބޭހުގެ ލިސްޓަށް ޔޫއޭފާއިން އިތުރު ކޮށްފައިނުވާ ބޭހެއް ކަމަށްވާތީ ކަމަށް ޔޫއޭފާގެ ބަޔާނުގައިވެ އެވެ.

ސަކޯ އަކީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް އެންމެ އިތުބާރުކުރާ އެއް ޑިފެންޑަރެވެ. އުމުރުން 26 އަހަރުގެ ސަކޯ އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ފްރާންސް ސްކޮޑުން ޖާގަހޯދަމުންނެވެ. ފްރާންސް ޓީމުގެ އެންމެ މުހިއްމު އެއް ޑިފެންޑަރު ރެއާލް މެޑްރިޑްގެ ރަފައެލް ވަރާން އަށް އަނިޔާގެ ސަބަބުން ޔޫރޯގައި ކުޅުމުގެ ފުރުސަތު ގެއްލިފައިވާއިރު، ސަކޯގެ ސަސްޕެންޝަން އިތުރު ނުކުރުމުން ޑިޝޯމްޕް ޔޫރޯ އަށްދާ ފްރާންސް ޓީމުގެ ސްކޮޑުން ސަކޯ އަށް ޖާގަ ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔޫރޯ އަށްދާ 23 ކުޅުންތެރިންގެ ސްކޮޑު ފައިނަލް ކުުރުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އަންގާރަ ދުވަހެވެ.