23 މެއި 2019 - 14:35

ޕްލޭނިން މިނިސްޓްރީން ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ އިމާރާތުގެ އިންޖިނިއަރިން މަސައްކަތާއި ޑިޒައިންނިން އާއި ކޮންސްޓްރަކްޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. މި މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުންނެވެ.
ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ނޮންރީފަންޑަބަލް ފީއެއް ދަށްކަން ޖެހެ އެވެ. މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހުށަހަޅަންޖެހޭނެ އެވެ.
ބީލަމަށް ހުޅުވާލަނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ.
ފިނޭންސް މިނިސްޓްރީން ވެސް 25 ބުރީގެ އިމާރާތެއް ހުޅުމާލޭގައި އަޅަން ކުރީގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް 1.8 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެއްސި އިމާރާތުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.