"ޖޭމްސް ބޮންޑް"ގެ ފައި ހަލާކުވެ، އޮޕަރޭޝަނެއް ކުރަނީ
"ޖޭމްސް ބޮންޑް"ގެ ފައި ހަލާކުވެ، އޮޕަރޭޝަނެއް ކުރަނީ

"ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ މަންޒަރެއް ޝޫޓްކުރަން އުޅެނިކޮށް އެކްޓަރު ޑެނިއަލް ކްރެއިގް ވެއްޓި ފައި ޖެހުނު ގޮތުން ތަނބިކައްޓަށް ލިބުނު އަނިޔާތަކަކާ ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ އެވެ.

ޖޭމްސް ބޮންޑްގެ ރަސްމީ ޓްވިޓާ އިން ބުނީ 51 އަހަރުގެ އެކްޓަރުގެ ތަނބިކަށީގެ ކުޑަ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށާއި ފިލްމުގެ ޝޫޓިން އަލުން ފެށޭނީ އޮޕަރޭޝަން ކުރާތާ ގާތްގަނޑަކަށް ދެ ހަފުތާ ފަހުން ކަމަށެވެ.

މިކަމާ ގުޅިގެން ކުރިން ރޭވި ގޮތަށް ފިލްމުގެ ޝޫޓިން ކުރިއަށް ނުގެންދެވި ލަސްތަކެއް ކުރިމަތިވި ނަމަވެސް ކުރިން ވެސް ތާވަލުކޮށްފައި އޮތް ތާރީހުގައި ފިލްމު ސިނަމާތަކަށް ގެންނަނާނެ ޕްރޮޑިއުސަރުން ބުންޏެވެ. ވޯކިން ޓައިޓްލްއަކަށް "ޝެޓަލޭންޑް" ގެ ނަން ދީފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އެޕްރީލް، 8، 2018 ގަ އެވެ.

ކްރެއިގް ބޮންޑްގެ ރޯލް ކުޅޭ ފަސް ވަނަ ފިލްމު އަދި ފަހު ފިލްމުގެ ޝޫޓިން ތެރޭގައި އަނިޔާވީ ޖެމެއިކާގައި ދުވަނިކޮށް ނަގަން ޖެހޭ މަންޒަރެއް ނެގުމުގެ ތެރޭގައި ވެއްޓިގެންނެވެ.

ކެރީ ޖޯޖީ ފުކުންގާ ޑައިރެކްޓް ކުރާ "ބޮންޑް 25" ގެ ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ރާލްފް ފިއެނެސް، ނައޯމީ ހެރިސް، ރޯރީ ކިނިއޭ، ލިއާ ސެޑޫ، ބެން ވިޝޯ، ޖެފްރީ ރައިޓް، ބިލީ މެގްނެސަން، އަނާ ޑި އާމަސް، ޑޭވިޑް ޑެންސިކް، ލަޝާނާ ލީންޗް އަދި ޑަލީ ބެންސެލާ ހިމެނެ އެވެ.