22 މެއި 2019 - 21:52

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ހިއްސާއަކަށް 25ރ. ބެހުމަށް ނިންމައިފި އެވެ.
އެޗްޑީއެފްސީން މިދިޔަ ހޮނިހިރު ދުވަހު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވާ އިރު އެކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ވެސް ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން ކުންފުނީގެ އެކްސްޓާމަން އޮޑިޓަރެއްގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާސް (ޕީޑަބްލިއުސީ ވަނީ އައްޔަނުކޮށްފަ އެވެ.
އެޗްޑީއެފްސީން ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާގެ 40 ޕަސެންޓް ބެހުމަށް ވަނީ ނިންމައިފަ އެވެ. އެ ކުންފުނިން މިހާރު އަންނަނީ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ބަހަމުންނެވެ.
ސަރުކާރުގެ ހާއްސަ އިސްނެގުމުގެ ދަށުން 2004 ވަނަ އަހަރު އުފައްދާފައިވާ ކުންފުނިން އަންނަނީ ހައުސިން މަޝްރޫއުތަކަށް ލޯނު ދޫކުރަމުންނެވެ.