ގަދަ ހޫނުން ސަލާމަތްވާން ކާރުގައި އުނގުޅީ ގެރީގެ ނަޖިސް
ގަދަ ހޫނުން ސަލާމަތްވާން ކާރުގައި އުނގުޅީ ގެރީގެ ނަޖިސް

އިންޑިއާގެ އެހެމްދުއާބާދުގައި މި ދުވަސްކޮޅު އާދަޔާހިލާފަށް ހޫނު ގަދަ އެވެ. ހޫނުން ސަލާމަތްވާން އެކި މީހުން އެކި ކަންތައް ކުރަނީ އެވެ. ސޭޖަލް ޝާކް ކިޔާ އަންހެނަކު އޭނާގެ ކާރު ހޫނުން ސަލާމަތްކުރަން އުނގުޅީ ގެރީގެ ނަޖިހެވެ.

މީގެ ފޮޓޯތައް ފޮޓޯތައް ފޭސްބުކްގައި އާންމު ކުރި ރުޕޭޝް ގުއަރަންގާ ދާސް ބުނީ މިއީ މިހާތަނަށް ގެރިގުއިގެ ބޭނުން އެންމެ މޮޅަށް ހިފި ފަހަރު ކަމަށެވެ. އޭނާ ބުނި ގޮތުގައި މި ދުވަސްކޮޅު އެހެމްދުއާބާދުގެ ހޫނުމިން ވަނީ 45 ޑިގްރީ އަށް ވުރެ މަތީގަ އެވެ.

ހޫނުން ސަލާމަތްކުރަން ޓޮޔަޓާ ކާރުގެ ބޭރުގައި ގެރިގުއި އުނގުޅުން ވެގެން ދިޔައީ ވަރަށް ގިނަ ބަޔަކަށްވީ މަޖާ ކަމަކަށެވެ. އަދި މިކަމަށް ވަރަށް ގިނަ ބަޔަކު ޖޯކް ޖަހާފައިވެ އެވެ.

ހިންދޫން އެ މީހުންގެ ދީނުގައި ހާއްސަ މަގާމެއް ދީފައިވާ ގެރީގެ ނަޖިހަކީ އިންޑިއާގެ ރަށްފުށުގެ ބައެއް ހިސާބުތަކުގައ އެކި ގޮތްގޮތަށް ބޭނުން ކުރާ އެއްޗެކެވެ. އެގޮތުން ގޭގައި ފާރާއި ތަޅުންގަނޑުގައި ވެސް ގެރިގުއި އުނގުޅައި ހަދަ އެވެ. އަދި ބައެއް މީހުން ގެރިގުއި ހިއްކައިގެން އެއިން ދަތް ވެސް އުނގުޅަ އެވެ.