އެމްޑަބްލިއުއެސްސީގެ ކޭބަލެއް ބުރިކޮށްލި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި
އެމްޑަބްލިއުއެސްސީގެ ކޭބަލެއް ބުރިކޮށްލި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

ގދ. ގައްދޫގައި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބޭއްވި ބޮޑު ކޭބަލެއް ބުރިކޮށްލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގައްދޫގައި އަލަށް އިމާރާތް ކޮށްފައިވާ ސްކޫލް ކައިރީގައި އެމްޑަބްލިއުއެސްސީ އިން ބާއްވާފައި އޮތް ބޮޑު ކަރަންޓް ކޭބަލެއް ބުރިކޮށްލި މައްސަލެއް މިދިޔަ ހަފުތާގައި ހުށަހެޅުނު ކަމަށެވެ. އެ މައްސަލާގައި ތަހުގީގަށް ލިބުނު މައުލޫމާތަށް ބިނާކޮށް، ތިން މީހަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރީ 34 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްގެ އިތުރުން 42 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ގދ. ވާދޫ ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.