ނުވަ އަހަރުގެ ކުއްޖައާ ބެހުނުކަމުގެ ތުހުމަތުގައި 71 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނުވަ އަހަރުގެ ކުއްޖައާ ބެހުނުކަމުގެ ތުހުމަތުގައި 71 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަގެ ކުރީގެ ލޯބިވެރިޔާ މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާއާ ބެހުނުކަމުގެ މައްސަލާގައި ހައްޔަރުކުރީ 71 އަހަރުގެ މީހެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

މާލެ އިން ދެކުނުގެ ރަށެއްގައި ހިންގަމުން ދިޔަ އެ ނުބައި އަމަލްތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ޖިންސީ އަނިޔާ ލިބުނު ކުޑަ އަންހެން ކުއްޖާ މިހާރު ހުރީ، މަންމަގެ ބެލުމުގެ ދަށުން ވެސް ގެންގޮސް، އެ ރަށުގެ އެހެން ބަޔަކާ ހަވާލުކޮށްފަ އެވެ.

އެ އަންހެން ކުއްޖާއަށް މަންމަގެ ކުރީގެ ލޯބިވެރިޔާގެ އިތުރުން އޭނާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެ ވެސް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތުކުރެ އެވެ. ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އެ ކުދިންނާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ފުލުހުން ވެސް އަދި ޖެންޑާ މިނިސްޓްރީން ވެސް ހާމައެއް ނުކުރެ އެވެ. އޭގެ ތެރޭގައި ރަށުގެ ނަން ވެސް ހިމެނެ އެވެ.

ދެކުނުގެ ރަށެއްގައި ތިން ބެއިންނާ ބެހުނުކަމުގެ ތުހުމަތުގައި 75 އަހަރުގެ މީހަކު މީގެ ކުރިން ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ ވަނީ ފަހުން ދޫކޮށްލައިފަ އެވެ.