19 މެއި 2019 - 23:04

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ އިސް ތިން މަގާމެއް އުވާލައިފި އެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ، އުވާލާފައި ވަނީ އެސިސްޓެންޓް ސީއީއޯގެ މަގާމާއި ސެކިއުރިޓީ ޑިޕާޓްމަންޓްގެ ހެޑަކަށް ހުރި އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމާއި ޕްރޮކިއުމެންޓް ހެޑްގެ މަގާމެވެ.
މި މަގާމުތައް އުވާލީ ކުންފުނީގެ ހިންގުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށްޓަކައި ސްޓްރަކްޗާ އަށް ގެންނަ ބަދަލަކާ ގުޅިގެން އެ ޑިވިޝަންތަކުގެ ހެޑުންގެ މަގާމު އުވާލަން އެމްޕީއެލްގެ ބޯޑުން ނިންމައިގެންނެވެ. މި މަގާމުތައް އުވާލުމުގެ މަސައްކަތް ކުރަމުންދާތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު މަގާމުތައް އުވާލީ މިއަދުން ފެށިގެންނެވެ.
ޝާހިދު ވިދާޅުވީ، މި މަގާމުތަކުގެ ބަދަލުގައި އެއްވެސް އިތުރު އެއްވެސް ޑިވިޝަން ހެޑުން ދެން ނުނަގާނެ ކަމަށާއި އެހެން ނަމަވެސް މި މަގާމުތަކުގެ ބަދަލުުގައި އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމެއް މީގެ ކުރިން އުފައްދާފައިވާނެ ކަމަށެވެ.