ރިއު ހޮޓެލްސްގެ ދެ ގިންތިއެއްގެ ރިސޯޓުތަކެއް ހުޅުވައިފި
ރިއު ހޮޓެލްސްގެ ދެ ގިންތިއެއްގެ ރިސޯޓުތަކެއް ހުޅުވައިފި

ސްޕެއިންގެ އެންމެ ކާމިޔާބު އެއް ކުންފުނި ކަމުގައިވާ ރިއު ހޮޓެލްސް އެންޑް ރެސްޓޯރެންޓްސްގެ ދެ ރިސޯޓެއް ދ. އަތޮޅުގައި ހުޅުވައިފި އެވެ.

ރިއު ހޮޓެލްސްގެ ދެ ގިންތިއެއްގެ ރިސޯޓުތަކެއް ހުޅުވައިފި
ރިއު ހޮޓެލްސްގެ ދެ ގިންތިއެއްގެ ރިސޯޓުތަކެއް ހުޅުވައިފި

މި މަހު 17 ވަނަ ދުވަހު ހުޅުވާފައި ވަނީ ފަސް ތަރީގެ ރިއު ޕެލަސް މޯލްޑިވްސް އާއި ހަތަރު ތަރީގެ ރިއު އެޓޯލްސް އެވެ. މި ދެ ރިސޯޓަކީ ރިއު އިން ރާއްޖޭގައި ތަރައްގީ ކުރި ފުރަތަމަ ދެ ރިސޯޓެވެ.

ޒަމާނީ ފެންވަރަށް ހަދާފައިވާ ރިއު ޕެލަސް މޯލްޑިވްސްގައި 176 އެނދު ހުންނައިރުު ބޭނުންވާ ހުރިހާ ޚިދުމަތެއް އެ ރިސޯޓުން 24 ގަޑިއިރު ލިބެން ހުރެ އެވެ. އަދި ތިން ރެސްޓޯރެންޓާއި ބުފޭ ރެސްޓޯރެންޓެއްގެ އިތުރުން ބީފް ސްޓީކްގެ ޚިދުމަތް ވެސް މި ރިސޯޓުން ލިބެން ހުރެ އެވެ.

ރިއު އެޓޮލްސްގައި 264 އެނދު ހުންނައިރު އެ ރިސޯޓުން ލިބެން ހުންނާނީ އިޓާލިއަން ރެސްޓޯރެންޓުގެ ޚިދުމަތާއި، ބީފް ސްޓީކްގެ އިތުރުން ބުފޭ ރެސްޓޯރެންޓުގެ ޚިދުމަތެވެ. މީގެ އިތުރުން މި ރިސޯޓުގައި ކުޑަކުދިންނަށް ހާއްސަ ޕޫލަކާއި ކްލަބެއްގެ އިތުރުން ކުޅޭ ސަރަހައްދެއް ހުރެ އެވެ.

ދެ ރިސޯޓުގައި ވެސް އައުޓް ޑޯ ޕޫލަކާއި ޖިމެއްގެ އިތުރުން ސްޕާގެ ޚިދުމަތް ލިބެން ހުރެ އެވެ. މީގެ އިތުރުން ވޯޓާ ސްޕޯޓްސްގެ ޚިދުމަތް ވެސް އެ ރިސޯޓުތަކުގައި ލިބެން ހުރެއެވެ.

ކެރިބިއަން ރަށްތަކުގެ 34 ވަނަ އަށް އެންމެ މަގްބޫލު ކުންފުނި ކަމުގައިވާ ރިއު ހޮޓެލްސް އެންޑް ރެސްޓޯރެންޓްސް އިން ދަނީ 19 ގައުމުގެއްގައި 92 ހޮޓާ ހިންގަމުންނެވެ. މިހާތަނަށް އެ ކުންފުނިން ވަނީ 28،894 ވަޒީފާ ވެސް އުފައްދައިފަ އެވެ.