22 މެއި 2019 - 08:33

މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާ އެކު އޭނާ ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ސަލްމާނާއި އާޔޫޝް އެކީގައި ފެންނާނެ ކަމަށް ބެލެވޭ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި މަރާޓީ ފިލްމު "މުލްޝީ ޕެޓާން" ގެ ހިންދީ ރިމެކް ކަމަށާއި އެ ފިލްމުގެ ރައިޓްސް ހޯދުމަށް ފަހު، އޭގެ ސްްކްރީންޕްލޭ މިހާރު ލިޔަމުން އަންނަ ކަމަަށެވެ.
ކްރައިމް ޑްރާމާ "މުލްޝީ ޕެޓާން" އަކީ ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތަކެއް ހައްލުކޮށްދޭން ކުރާ މަސައްކަތްތަކެއް ދައުވައިދޭ ފިލްމެކެވެ.
އެ ފިލްމުގެ ހިންދީ ރިމެކެއް ހަދަން ނިންމި ނަމަވެސް ފިލްމު ޑައިރެކްޓް ކުރާނެ މީހަކާއި އޭގެ މަސައްކަތް ފަށާނެ އިރެއް އަދި ނޭނގެ އެވެ. އެކަމަޅު ޅިޔަނާ އެކު ފިލްމެއް ކުޅެން ސަލްމާން ވަރަށް ބޭނުންވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ސަލްމާން ޕްރޮޑިއުސް ކުރި "ލަވް ޔާތުރީ" އިން ބޮލީވުޑަށް ނުކުތް އާޔޫޝްއަކީ ސަލްމާންގެ ހަގު ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާ އެވެ.
އަންނަ މަހުގެ 5 ގައި "ބާރަތު" ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ އިރު، ސަލްމާން މި ވަގުތު އަންނަނީ "ދަބަންގް 3" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ފިލްމަށް ފަހު ދެން ޝޫޓިން ފަށާނީ ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" އެވެ.