ސެންޗޫރިއަން އިން ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި
ސެންޗޫރިއަން އިން ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި

ސެންޗޫރިއަން އިން ހިއްސާއަކަށް 3.50ރ. އަށް ނިންމަން އަހަރީ އާންމު ޖަލްސާގައި ނިންމައިފި އެވެ.

ޗަމްޕާ ހޮޓެލްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ބަހަން ނިންމާފައިވަނީ ކުންފުނީގެ ފައިދާގެ ތެރެއިން 50 ޕަސެންޓަށްވާ 2.7 މިލިއަން ރުފިޔާ އެވެ. އެ ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި މި އަހަރު ވެސް ނަގާފައި ވަނީ ކޭޕީއެމްޖީ އެވެ.

ރާއްޖޭގައި ޝިޕިން ވިޔަފާރީގައި މަޝްހޫރު ސެންޗޫރިއަން އިން ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފަ އިވަނީ 2016 ވަނަ އަހަރެވެ. ހިއްސާ ވިއްކައިގެން އެ ކުންފުނިން ވަނީ 168 މިލިއަން ރުފިޔާ ހޯދައިފަ އެވެ.

ސެންޗޫރިއަންގެ މަސައްކަތްތައް ފެށުނީ 2009 ވަނަ އަހަރުގެ މާޗު މަހު އެވެ. ދަތުރުފަތުރު ކުރުމާއި ކާގޯ ވިޔަފާރީގައި މަސައްކަތް ކުރާ މި ކުންފުނީގެ 100 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އުތުރާއި ދެކުނުގައި މަސައްކަތް ކުރެ އެވެ.