ކިމްގެ ހަތަރު ވަނަ ދަރިފުޅުގެ ނަމަކީ ސާމް ވެސްޓް
ކިމްގެ ހަތަރު ވަނަ ދަރިފުޅުގެ ނަމަކީ ސާމް ވެސްޓް

އެމެރިކާގެ ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝަން އަށް ލިބުނު ހަތަރު ވަނަ ދަރިފުޅުގެ ނަން އިއުލާންކޮށްފި އެވެ.

ސަރޮގޭޓްކޮށްގެން މި މަހުގެ 10 ވަނަ ދުވަހު ލިބުނު ފިރިހެން ކުއްޖާ އަށް ދިން ނަމަކީ ސާން ވެސްޓެވެ. ދަރުފުޅުގެ ނަން ކިމް ހިއްސާކުރީ އިންސްޓަގްރާމްގައި ފޮޓޯއަކާއި ހާއްސަ މެސެޖަކާ ވެސް އެކީގަ އެވެ.

މަޝްހޫރު ރެޕާ ކަންޔޭ ވެސްޓްއާ ކައިވެނިކޮށްގެން ކިމްގެ އާއިލާ އަށް ހަތަރު ވަނަ ދަރިއަކު އިތުރުވި އިރު، ސާމްއަކީ ސަރޮގޭޓްކޮށްގެން ހޯދި ދެވަނަ ދަރިފުޅެވެ. އަމިއްލަ އަށް މާބަނޑު ނުވެ ހޯދި ފުރަތަމަ ދަރި އަކީ މިހާރު އުމުރުން އެއް އަހަރުގެ ޝިކާގޯ ވެސްޓެވެ. އެއީ އަންހެން ކުއްޖެކެވެ.

ކިމްގެ ދެން ތިބެނީ އަންހެން ދަރިފުޅު ނޯތު ވެސްޓް، 5، އާއި ފިރިހެން ދަރިފުޅު ސެއިންޓް ވެސްޓް، 3، އެވެ.

މިހާރު ގަނޫނީ ވަކީލުކަން ކިޔަވަމުން އަންނަ ކިމް ސަރޮގޭޓްކޮށްގެން ދެވަނަ ދަރިއަކު ހޯދަން ނިންމިކަން އިއުލާން ކުރީ މިދިޔެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކިމް، 38، ބަލިވެ އިނދެ ދަރިން ހޯދަން ހުއްޓާލައިފައި ވަނީ އޭނާގެ ރަހިމަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން، ބަލިވެ ނީންނަން ޑޮކްޓަރުން ލަފާ ދީފައިވާތީ އެވެ.