18 މެއި 2019 - 14:49

ކޮންމެ ރޯދަމަހަކު އުރީދޫން ބާއްވަމުން އަންނަ މަސް ރޭހުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއްޔެ ބައިވެރިވެވަޑައިގެންފި އެވެ.

މަހުލޫފް މަހަށް ވަޑައިގަތީ ޔޫތު މިނިސްޓްރީގެ ފަރާތުން ރޭހުގައި ބައިވެރިވާ "ރަސް އައިނު" ޓީމުގަ އެވެ.
އެކަމަކު ސްޓެލްކޯ އާއި ޓޫރިޒަމް ކްލަބް އަދި އަނަންތާރާގެ ޓީމާ ވާދަކޮށް ޔޫތު ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީއަކަށް މޮޅެއް ނުވެވުނެވެ. އިއްޔެ އެއް ވަނަ ހޯދީ ސްޓެލްކޯ އެވެ.
މި އަހަރުގެ އުރީދޫ މަސް ރޭހުގައި އަންހެން ޓީމްތަކަށް ހާއްސަ ބުރެއް ބާއްވާނެ އެވެ.
މަސްވެރިކަމުގައި ފޯރި ހިއްޕާލާ މި ރޭހުގައި ހަތަރު ބުރެއް އޮވެ އެވެ. ކޮންމެ ބްރަކުން އެއްވަނަ ޓީމު ފައިނަލަށް ދެ އެވެ. ގްރޭންޑް ފިނާލޭ އޮންނާނީ ފިތުރު އީދު ދުވަހު އެވެ. އެ ދުވަހު ބާބަކިއު އާއި ބޮޑުބެރުގެ ހާއްސަ އިވެންޓްތަކެއް ވެސް ކުރިއަށް ގެންދެ އެވެ.
އުރީދޫ މަސް ރޭހުގައި ބައިވެރިވާން މި އަހަރު 23 ޓީމަކުން ކުރިމަތިލި އެވެ. ރޭހަށް ނަގާ 16 ޓީމު ކަނޑައެޅީ ގުރުއަތުލައިގެންނެވެ.
މަސް ރޭހުން އެއްވަނަ ޓީމަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބެ އެވެ.