މާލޭގެ ގެއަކުން 1.6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
މާލޭގެ ގެއަކުން 1.6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

މާލޭގެ ގެއަކުން 1.6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައި، ތިން މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ހިންގި އޮޕަރޭޝަނެއްގައި މާފަންނު ގެއަކުން އަތުލައިގަތީ 1.2 ކިލޯގެ ކެނަބިސް އާއި 454 ގްރާމްގެ ހެރޮއިންގެ އިތުރުން ގްރާމެއް ހަމަނުވާ މިންވަރު ކޮކެއިން އެވެ.

އެ މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގެ ގެއަކުން 1.6 ކިލޯގެ މަސްތުވާތަކެތި ހޯދިއިރު، ދާދި ފަހުން ފުލުހުން ވަނީ ރާއްޖެ އެތެރެކޮށް، ވަޅު ރަށެއްގައި ވަޅުލި 150 ކިލޯއެއްހާ މަސްތުުވާތަކެތި އަތުލައިގެންފަ އެވެ. އަދި އީރާނުގެ ބޯޓަކުން ރާއްޖެ އެތެރެކުރި 50 ކިލޯގެ މަސްތުވާތަކެތި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.