03 ސެޕްޓެމްބަރ 2016 - 20:55

ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގެ ކޭ ވަން ކެޓަގަރީން ރާއްޖޭގެ އަބްދުލްޣަފޫރު އަލީ (ގައްބެ) އާއި އާދަމް ފައިސަލް (އެޑަމް) ދުނިޔޭގެ 23 ވަނަ ހޯދައިފި އެވެ.
ކޮރޮއޭޝިއާގައި ކުރިއަށްދިޔަ މި މުބާރާތުގެ މި ކެޓަގަރީން ޖުމްލަ 32 ގައުމުގެ ސެއިލަރުން ވާދަކުރިއިރު، އެއް ވަނަ ހޯދީ އިޓަލީގެ ހުއީޑޯ ޕަސޮލީނީ އާއި ލޮރެންޒޯ ކަސެމެންޓީ އެވެ.
ރާއްޖޭގެ ސެއިިލިން ޓީމުން ވަނީ މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ. މިއީ ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭން މި މުބާރާތުގައި ބައިވެރިވީ ޓޮޕްކެޓުން ދިން ދައުވަތެއްގަ އެވެ.
ޓޮޕްކެޓް ސެއިލިން ވޯލްޑް ޗެމްޕިއަންޝިޕްގައި މި ފަހަރު ތަފާތު އަށް ގައުމަކުން 70 ކަޓަމަރާން ރަޖިސްޓްރީ ކޮށްފައިވާއިރު، 124 ސެއިލަރުން ވާދަކުރި އެވެ.
މި މުބާރާތް ކުރިއަށްދިޔައީ ތިން ދުވަހަށް 10 ރޭސް ބަހާލައިގެން ޕޮއިންޓް އުސޫލުންނެވެ. ތިން ދުވަހުގެ ހެނދުނާއި ހަވީރު ރޭސް ވަނީ ކުރިއަށް ގޮސްފަ އެވެ.