ދުވެލި އެންމެ ބާރު ބުލެޓް ޓްރެއިން ޖަޕާނުގައި ޓެސްޓް ކުރަން ފަށައިފި
ދުވެލި އެންމެ ބާރު ބުލެޓް ޓްރެއިން ޖަޕާނުގައި ޓެސްޓް ކުރަން ފަށައިފި

ދުވެލި އެންމެ ބާރު ބުލެޓް ޓްރެއިން ޖަޕާނުގައި ޓެސްޓްކުރަން ފަށައިފި އެވެ.

އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނީ "ދި އަލްފާ-އެކްސް" ވާޝަންގެ ބްލެޓް ޓްރެއިން ރަސްމީކޮށް ޓެސްޓްކުރަން ފެށީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. މިއީ ގަޑިއަކު 400 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ރޭލެކެވެ.

ޖަޕާނުން ބުނި ގޮތުގައި އަމާޒަކީ 2030 ގައި "ދި އަލްފާ-އެކްސް" ވާޝަން ރަސްމީކޮށް ދަތުރުފަތުރުގެ ހިދުމަތަށް ބޭނުން ކުރުމެވެ. މިއާއެކު ޖަޕާން ވެގެން ދާނީ ދުވެލި އެންމެ ބާރު ބްލެޓް ޓްރެއިން އޮޕަރޭޓްކުރާ ގައުމަށެވެ.

ޓެކްނޮލޮޖީގެ ގޮތުން ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެ ގައުމުން މިހާރު ވެސް އަންނަނީ އަންނަ އަހަރު ޓޯކިއޯގައި ބާއްވާ ސަމާ އޮލިމްޕިކްސްއާ ދިމާކޮށް ދުވެލި ބާރު ޝިންކަންސެބް އެން700 ސީރީޒްގެ ރޭލެއް ޓެސްޓް ކުރަމުންނެވެ.

އެއީ ގަޑިއަކު 300 ކިލޯމީޓަރަށް ދަތުރު ކުރާ ރޭލެކެވެ. އޭގެ އޮޕަރޭޝަން އަންނަ އަހަރު ރަސްމީކޮށް ފަށާނެ އެވެ.