ކައިވެނީގެ ނަމުގައި ކޮށްފައިވާ އާދަޔާ ހިލާފު ކަންތައްތައް
ކައިވެނީގެ ނަމުގައި ކޮށްފައިވާ އާދަޔާ ހިލާފު ކަންތައްތައް

ކައިވެނިކުރުމަކީ ވަރަށް ގިނަ މީހުންގެ އެންމެ ބޮޑު އެއް އުންމީދެވެ. ކައިވެނީގެ ހަފުލާއާ އެކަމާ ގުޅުން ހުރި ކޮންމެ ކަމެއް ވެސް ވަނީ ބޮޑު ކަމަކަށެވެ. އުމުރު ދުވަހުގެ ހަނދާންތައް އެކަމާ ގުޅިގެންދެ އެވެ. އެކަމަކު ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބައެއް މީހުން ކައިވެނީގެ ނަމުގައި ވަރަށް އާދަޔާ ހިލާފް ކަންތައް ވެސް ކޮށްފައި އެބަހުއްޓެވެ. މިއީ ކައިވެނިކުރުމުގެ ނަމުގައި މީހުން ކޮށްފައިވާ ބައެއް އާދަޔާ ހިލާފް ކަންތައްތަކެވެ.

ކައިވެނީގެ ނަމުގައި ކޮށްފައިވާ އާދަޔާ ހިލާފު ކަންތައްތައް
ކައިވެނީގެ ނަމުގައި ކޮށްފައިވާ އާދަޔާ ހިލާފު ކަންތައްތައް

ތައިލެންޑްގެ މީހެއް ކަމަށްވާ ޗެޑިލް ޑޭފީ 10 އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ކުއްލިގޮތަކަށް ކާރު އެކްސިޑެންޓެއްގައި މަރުވީ ދެ ކައިވެނީގެ ހުރިހާ ކަމެއް ހަމަޖައްސާފައި ވަނިކޮށެވެ. ލޯބިވެރިޔާގެ މަރާ ގުޅިގެން ޗެޑިލް އަމިއްލަ ނަފްސު ކުށްވެރިކުރި އެވެ. އެއީ ލޯބިވެރިޔާ ކައިވެނި އަވަސްކުރަން އެދެމުން ދިޔަ ނަމަވެސް މަސައްކަތުގެ ބުރަކަމާ ހެދި ކައިވެނި ފަސްކުރަމުން ގެންގޮސްފައި ވާތީ އެވެ. ކައިވެނީގެ ކުރިން ލޯބިވެރިޔާ މަރުވުމުން ޗެޑިލް ނިންމީ ލޯބިވެރިޔާގެ ޖަނާޒާގެ ކުރިން ކައިވެނިކުރާށެވެ. ޖެނުއަރީ 2012 ގައި ޗެޑިލް އޭނާގެ ލޯބިވެރިޔާ ވަޅުލީ ގަބުރާ ކައިވެނިކުރުމަށް ފަހުގަ އެވެ.

ކައިވެނީގެ ނަމުގައި ކޮށްފައިވާ އާދަޔާ ހިލާފު ކަންތައްތައް
ކައިވެނީގެ ނަމުގައި ކޮށްފައިވާ އާދަޔާ ހިލާފު ކަންތައްތައް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ 2012 ވަނަ އަހަރު މަރުވުމުގެ ކުރިން ބުނެފައިވާ ހާއްސަ ޖުމުލައެއް އޮވެ އެވެ. އޭނާ ބުނެފައި ވަނީ އަމިއްލަ ނަފްސު ދެކެ ލޯބިވުމަކީ އެންމެ ގަދަފަދަ ލޯބި ކަމަށެވެ. ލިއު ޔޭ މި ވާހަކަ މާ ސީރިއަސްކޮށް ނެގީ ކަމަށް ވެދާނެ އެވެ. މި މީހާ ވަނީ 2007 ވަނަ އަހަރު އަހަރު ފެށުނު ދުވަހު އޭނާގެ އަމިއްލަ ނަފްސާ ކައިވެނިކޮށްފަ އެވެ.

އުމުރުން 44 އަހަރުގެ މި މީހާގެ ކާޑްބޯޑުން އޭނާގެ ސޫރައެއް ހަދައި އަންހެން ރަތް ހެދުމެއް ލައްވައި ޒީނަތްތެރި ކުރި އެވެ. އަދި ކައިވެނީގެ އަހުދުވީ މި ކާޑްބޯޑާ އެވެ.

އަމަންޑާ ރޮޖާޒް އަކީ ވަރަށް ލޯބިން ކުއްތާއެއް ގެންގުޅޭ މީހެކެވެ. ޝޭބާ ނަމަކަށް ކިޔާ މި ކުއްތާ ދެކެ އޭނާ ވާ ލޯބީގެ ބޮޑުކަމުން 2012 ވަނަ އަހަރު އެ ކުއްތާއާ ކައިވެނިކުރި އެވެ. ސައުތު ލަންޑަންގެ މި އަންހެންމީހާ އޭގެ 20 އަހަރު ކުރިން ވެސް ކައިވެންޏެއް ކުރި އެވެ. އެ ފަހަރު އިންސާނަކާ އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ފިރިމީހާ މަރުވީ އެވެ. އެހެންކަމުން މިފަހަރު އޭނާ ބޭނުންވީ ތަފާތު ވައްތަރެއްގެ ކައިވެންޏެއް ކުރާށެވެ. ކްރޮއޭޝިއާގެ ސްޕްލިޓްގައި އޮތް މި ކައިވެނީގެ ރަސްމިއްޔާތުގައި 200 މެހެމާނުން ބައިވެރިވި އެވެ.

އިންޑިއާ މީހެއް ކަމަށްވާ ބިމްބަލާ ދާސް 2006 ގައި ކުރި ކައިވެންޏަކީ އަދި މާ ވަރުގަދަ ކައިވެންޏެކެވެ. އޭނާ ކައިވެނިކުރީ ބޮޑު ނާގަ ހަރުފަ ނުވަތަ ކޯބްރާ އަކާ އެވެ. ސިލްކް ސާޅީއެއް އަޅާލައިގެން 30 އަހަރުގެ މި އަންހެންމީހާ ކައިވެންޏަށް ތައްޔާރުވެފައި ހުރިއިރު އޭނާގެ ބައިވެރިޔާ ކަމަށްވް ހަރުފަ ދެކެ ވެފައިވާ ލޯބި ވަރަށް ބޮޑަށް ހާމަވާ ކަމަށްވެ އެވެ. އެ މީހާ ބުނާ ގޮތުގައި އެ ހަރުފަ އެންމެ ފުރަތަމަ އައީ ގޭގައި އިން ހިނި ހޮރެއްގެ ކައިރިއަށް ކިރުއެއްޗެއް އޮއްސާލުމުންނެވެ.

ނަމަވެސް ކައިވެނީގެ ރަސްމިއްޔާތަށް ހަރުފަ "ހާޒިރެއް ނުވި" އެވެ. ނަމަވެސް އެކަމަށް ވެސް އަންހެންމީހާ ހުރީ ތައްޔާރު ވެގެންނެވެ. މައުދަނުން ހަދާފައިވާ ހަރުފައެއް އޭނާގެ ކައިރީގައި ކުރިއްސުރެ ބަހައްޓާފައި ހުއްޓެވެ. އެ މީހާ ކައިވެނި ކުރީ އެ ހަރުފައާ އެވެ.

މި އަންހެންމީހާގެ ކައިވެންޏާ މެދު އޭނާގެ އަވަށްޓެރިން ތިބީ އުފަލުންނެވެ. ސަބަބަކީ ހަރުފައަކީ މުދަލާއި ފައިސާ އަދި ނަސީބު ގެންނަ އެއްޗެއްކަމަށް އެމީހުން ޒަމާނުއްސުރެ ގަބޫލުކުރާތީ އެވެ.