10 މެއި 2019 - 15:46

ހުޅުމާލޭގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައި ދިވެއްސަކު ހޭނެތިއްޖެ އެވެ.

ދާދި ދެންމެއަކު ހުޅުމާލޭ ބޮޑުމަގުގައި ހުންނަ ޕީޕީއެމް އޮފީސް ކަންމަތީގައި އެ އެކްސިޑެންޓް ހިނގީ ބިދޭސީއަކު ދުއްވަން އިން ވޭވް ސައިކަލެއްގައި ފަހަތުން ދިޔަ އެއާބްލޭޑް ސައިކަލެއް ޖެހިގެންނެވެ.
ފަހަތުން ދިޔަ ސައިކަލުގައި ދެ ދިވެހިން ތިބިއިރު އޭގެ ތެރެއިން ފަހަތުގައި އިން ކުއްޖާ ވެއްޓި މަގުގައި ބޯޖެހުމުން އޭނާ ވަނީ ހޭނެތިފަ އެވެ. އޭނާ އަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނަ އިރެއް ނުވެ ހޭއެރި އެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ އަށް އެމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށާއި އިތުރު ތަފްސީލް އަދި ނުލިބޭ ކަމަށެވެ.
ބިދޭސީ މީހާގެ ކަނާތު އަތް މަށައިގެން ދިއުން ފިޔަވާ އިތުރު އަނިޔާއެއް އޭނާއަކަށް ނުވެ އެވެ.
މަންޒަރު ދުށް މީހަކު ބުނިގޮތުގައި ފަހަތުން ދިޔަ ސައިކަލް ޖެހި، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބިދޭސީ މީހާ ސިގްނަލް ދިންލެއް ލަސްވުމުންނެވެ.
އެކަމަކު އޭނާ ބުންމުން ދިޔައީ ސިގުނަލް ދޭން ފެށީ ކުރިން ކަމަށެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.