13 މެއި 2019 - 12:44

ރާއްޖޭގައި ހޯލްސޭލް ވިޔަފާރީގައި މަޝްހޫރުކަން ހޯދާފައިވާ ސްޓޭންޑާޑް އެންޑް އޮރިޖިން (އެސްއެންޑްއޯ) އިން ހާއްސަ ފަރާޓާއެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

އާންމުކޮށް ލިބެން ހުންނަ އިންސްޓެންޓް ފަރާޓާތަކާއި އެސްއެންއޯއިން ވިއްކާ ފާރާޓާގެ އެންމެ ބޮޑު ތަފާތަކީ ގިނަ ފްލޭވާތަކެއް ލިބުމާ އެކު ތައްޔާރުކޮށްލަން ފަސޭހަވުމެވެ. އެސްކޭ ބްރޭންޑްގެ ފަރާޓާގެ އެންމެ ހާއްސަ އެއް ފްލޭވާއަކީ ޗޮކްލެޓެވެ. މުޅި ޖުމްލަ ހަ ޕްލޭވާގެ ފަރާޓާ ލިބޭ އިރު އޭގެ ތެރޭގައި ޗިލީ އެންޑް ގާލިކް އާއި ހޯލް މީލްގެ އިތުރުން އަނިއަން އާއި ރޮޓި ޗެންނާ އާއި ޕްލެއިން ވެސް ހިމެނެ އެވެ.

އެސްއެންޑްއޯ މެނޭޖަރު ޔޫސުފް ހުސައިން ވިދާޅުވީ އެފިހާރައިން އެންމެ ބޮޑު އިސްކަމެއްދެނީ ކާބޯތަކެތީގެ ރައްކާތެރިކަމަށް ކަމަށެވެ. އެތަނުން ލިބޭ ހުރިހާ އުފެއްދުންތަކެއްގެ ރައްކާތެރިކަން ވެސް އެންމެ ފުރިހަމައަށް ކަށަވަރުކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްއެންޑްއޯ އިން ރާއްޖޭގައި ވިޔަފާރި ފެށީ 2011 ވަނަ އަހަރު އެވެ. އެގޮތުން ރިސޯޓުތަކަށް ފިނިކުރި ތަފާތު ބާވަތްތައް ފޯރުކޮށްދެ އެވެ. އެގޮތުން ކާބޯތަކެތީގެ އެންމެ މަޝްހޫރު 20 ވަރަކަށް ބްރޭންޑުގެ އުފެއްދުން އެތަނުން ހޯލްސޭލު ކުރެ އެވެ.