މަސައްކަތުން ވަގުތު ހުސްކުރައްވާ ނޯވޭގެ ބޮޑު ވަޒީރު ވެސް ޕޮކެމޮން ކުޅުއްވައިފި
މަސައްކަތުން ވަގުތު ހުސްކުރައްވާ ނޯވޭގެ ބޮޑު ވަޒީރު ވެސް ޕޮކެމޮން ކުޅުއްވައިފި

ބްރެސްޓިސްލާވާ (ސެޕްޓެމްބަރު 3) - ނޯވޭގެ ބޮޑު ވަޒީރު އެރްނާ ސޮލްބާގު މިދިޔަ ހަފުތާގައި ސްލޮވާކިއާ އަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރޭން ވަގުތު ހުސް ކުރައްވާ ޕޮކެމޮން ކުޅުއްވަން ނުކުންނަވައިފި އެވެ.

ސްލޮވާކިޔާގައި ބޭއްވި ބައްދަލުވުންތަކުގެ މެދުތެރޭން ވަގުތުކޮޅެއް ނަންގަވާ ސޮލްބާގު ވަނީ ބޮޑީ ގާޑުންނާއި ސީނިއާ އޮފިޝަލުންނާ އެކު ވެރިރަށް ބްރެސްޓިސްލާވާގެ މަގުތަކަށް ނުކުންނަވާ ޕޮކެމޮން ކުޅުއްވައިފަ އެވެ. ސޮލްބާގަކީ ކުރިން ވެސް ގޭމް ކުޅުއްވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެލައްވާ ފަރާތެކެވެ.

އުމުރުން 55 އަހަރުގެ ސޮލްބާގު ކޭންޑީ ކްރަޝް ފަދަ ގޭމްތަކަށް ވެސް ވަރަށް ލޯބި ކުރައްވަ އެވެ. އެކަމަނާ ވިދާޅުވީ ޕޮކެމޮން ކުޅުއްވަން ޝައުގުވެރިވެވަޑައިގެންނެވީ އެ ގޭމް ނުކުޅުއްވާ ކަމަށް ވިދާޅުވެ ދެ އިންޓަވިއުއެއް ދެއްވި ދުވަހު ކަމަށެވެ.

ޖަޕާނުގެ ނިންޓެންޑޯ ކުންފުނިން ޖުލައި ފަހު ޕޮކެމޮން ގޯ ރިލީޒްކުރި ފަހުން ވަރަށް ގިނަ ގައުމުތަކުގައި މި ގޭމުގެ މަގްބޫލްކަން ވަނީ ބޮޑުވެފަ އެވެ. ނަމަވެސް ގިނަ ގައުމުތަކުގެ މުހިންމު ހިސާބުތަކުގައި އެ ގޭމް ކުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި ގޭމް ރިލީޒް ކުރި ފަހުން ދުވާލަކު ގާތްގަނޑަކަށް 45 މިލިއަން މީހުން ކުޅެމުން ދިޔަ ގޭމުގެ މަގްބޫލްކަން މިހާރު ވަނީ ދަށަށް ދާން ފަށައިފަ އެވެ. މި ދިޔަ މަހު އެކަނިވެސް ވަނީ ގޭމް ކުޅެމުން ދިޔަ މީހުންގެ ތެރޭން 10 މިލިއަން މަދުވެފަ އެވެ.