ވޭނަކުން ޖެހި ބްރިޖް ހައިވޭގެ ޑިވައިޑަރުން ބައެއް ފުނޑުވެއްޖެ
ވޭނަކުން ޖެހި ބްރިޖް ހައިވޭގެ ޑިވައިޑަރުން ބައެއް ފުނޑުވެއްޖެ

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ޖަހާފައިވާ ޑިވައިޑަރުން ބައެއް، ވޭނަކުން ޖެހި މިއަދު ފުނޑުފުނޑުވެއްޖެ އެވެ.

ވޭނަކުން ޖެހި ބްރިޖް ހައިވޭގެ ޑިވައިޑަރުން ބައެއް ފުނޑުވެއްޖެ
ވޭނަކުން ޖެހި ބްރިޖް ހައިވޭގެ ޑިވައިޑަރުން ބައެއް ފުނޑުވެއްޖެ

މިއީ ހައިވޭގެ ދެ ފަޅި ވަކިކުރަން ވަކި ހިސާބެއްގައި ޖަހާފައި ހުރި ޑިވައިޑާއަށް ގެއްލުން ލިބުނު ތިން ވަނަ ފަހަރެވެ. މީގެ ކުރިން ހިނގި ދެ އެކްސިޑެންޓްގައި ދެ ސަރަހައްދަކުން ޑިވައިޑާތައް ފުނޑުވި އެވެ. އެތަންތަނުގައި އަލުން ޑިވައިޑާ ހަރުކުރެވޭ ވަރެއް އަދި ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު އެކްސިޑެންޓް ވީ މާލެ އިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެގެން ކަމަށެވެ. އެކްސިޑެންޓުގައި އެ ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުނޑުވެފައި ވަނީ ހުޅުމާލޭ ކޮޅުން ޑިވައިޑާ ފެށޭ ބަ އެވެ. ބެލެވޭ ގޮތުގައި ވޭން ކޮންޓްރޯލް ނުވީ އެ ހިސާބުގައި އޮންނަ ބެންޑުން މާ ބާރަށް ދާން ހަދައިގެންނެވެ.

މީގެ އިތުރުން ޑިވައިޑަރު ފުނޑިގެން ދިޔަ ވަގުތު، ބުރައިގެން ދިޔަ އެތިކޮޅުތަކުން އެހެން ކާރެއްގައި ޖެހި އެ ކާރަށް ގެއްލުންތަކެއް ލިބުނެވެ. އެ ކާރު ދިޔައީ ހުޅުމާލެއިން މާލެއަށް ދާށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.