އިންޑިއާގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ފިލްމަށް ވިދިޔާ ބާލަން
އިންޑިއާގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ފިލްމަށް ވިދިޔާ ބާލަން

އިންޑިއާގެ "ހިއުމަން ކޮމްޕިއުޓަރު" ގެ ނަމުން މަޝްހޫރުވި ކުރީގެ އަންހެން ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ފިލްމަށް ވިދިޔާ ބާލަން ސޮއިކޮށްފި އެވެ.

އިންޑިއާގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ފިލްމަށް ވިދިޔާ ބާލަން
އިންޑިއާގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ފިލްމަށް ވިދިޔާ ބާލަން

އަދި ނަން އިއުލާން ނުކުރާ މި ފިލްމަކީ ވިކްރަމް މަލްއުތުރާގެ އަބުންދަންދިއާ އިން ޕްރޮޑިއުސްކޮށް، އަނީ މެނަން ޑައިރެކްޓްކުރާ ފިލްމެވެ. މީގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ޝަކުންތަލާގެ ރޯލުން ވިދިޔާ ފެންނާނެ އެވެ.

ނަމަވެސް އޭނާއާ އެކު ދެން ފިލްމުގައި ހިމެނޭ ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ. ވިދިޔާ ވަނީ ފިލްމުން ފުރުސަތު ލިބުމުން އެކަމާ އުފަލުން ޓްވީޓްކޮށްފަ އެވެ. އޭނާ ބުނީ ޝަކުންތަލާގެ ރޯލް ކުޅެން ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.

ޝަކުންތަލާގެ ބައޮޕިކް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ހޫނު މޫސުމަގަ އެވެ.

ނަވާރަ ސަތޭކަ އޮނަތިރީގައި އިންޑިއާގެ މައިސޯރަށް އުފަންވި ޝަކުންތަލާ ވަނީ އުމުރުން 83 އަހަރުގައި 2013 ގައި މަރުވެފަ އެވެ. ލިބިފައިވާ އާދަޔާހިލާފު ތޫނުފިލިކަމާއި ހިސާބުގެ އިލްމަށް އާދަޔާހިލާފަށް މޮޅު މީހެއްގެ ގޮތުގައި ފާހަގަ ކުރެވިގެން 1982 ގައި އޭނާ ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދައިފަ އެވެ.

ޝަކުންތަލާގެ ރޯލް ކުޅެން ވިދިޔާ ސޮއިކުރި އިރު، އޭނާ އަންނަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާދީ ގާންދީގެ ރޯލް ކުޅޭ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ ވިދިޔާ، 40، އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ 2017 ގެ "ތުމާރީ ސޫލޫ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮގަސްޓް 15 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" އެވެ.