އޮފީހެއް ފަޅާލައި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި
އޮފީހެއް ފަޅާލައި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

އަމިއްލަ ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް ފުޑް ސޮލިއުޝަންގެ އޮފީސް ފަޅާލައި، މިއަދު ހެނދުނު ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އިންޓަނޭޝަނަލް ފުޑް ސަޕްލައި އޮފީހުން ވައްކަން ކުރިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 8:42 ގައި ކަަމަށާއި އެ އޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން ވަގަށް ގެންގޮސްފައި ވަނީ 234،923 ރުފިޔާ ކަމަށެވެ. ތިޖޫރީގައި ހުރި ފައިސާގެ އިތުރުން ވަތްގަނޑުތަކުގައި ބަހައްޓާފައިވާ ފައިސާ ވެސް ވަގަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ. ވަގަށް ގެންދިޔަ ފައިސާގެ ޖުމުލަ އަދަދަކީ 315،823ރ. އެވެ.

އިންޓަނޭޝަނަލް ފުޑް ސޮލިއުޝަންގެ އޮފީހުން ވައްކަން ކުރި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮންމެ އަަހަރެއްގެ ރޯދަ މަހު ހެނދުނު ގިނަ ބަޔަކު ނިދާފައި ތިބޭ ވަގުތު މާލޭގައި ކުރާ ވައްކަންތައް އިތުރުވެ އެވެ.